އިޒްރޭލާ އެއްގޮތަށް ރާއްޖޭގަ ޢަމަލުކުރާތީ ޑރ. އިޔާޟްގެ ކަންބޮޑުވުން: މީހަކު ހައްޔަރުކުރަން ޖެހުނަސް އަންހެނުންނާ ކުޑަކުދިންނާ މުސްކުޅިންގެ އިޙްސާސްތަކަށް ރިޢާޔަތް ކުރަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އިޒްރޭލާ އެއްގޮތަށް ރާއްޖޭގަ ޢަމަލުކުރާތީ ޑރ. އިޔާޟްގެ ކަންބޮޑުވުން: މީހަކު ހައްޔަރުކުރަން ޖެހުނަސް އަންހެނުންނާ ކުޑަކުދިންނާ މުސްކުޅިންގެ އިޙްސާސްތަކަށް ރިޢާޔަތް ކުރަންޖެހޭ!

ޑރ. އިޔާޟް ސީޕީ ޙަމީދަށް: 

ބާރުއޮތްނަމަވެސް އޭގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ނުވާނެ. ދިވެހިފުލުހުން އިން މީހަކު ހައްޔަރުކުރަން ޖެހުނުނަމަވެސް ކަމާއިގުޅުންނެތް ފަރާތްތަކަށް އެކަމުގެ އަޘަރު ނުފޯރާފަދަގޮތަކަށް އެކަންކުރެވޭތޯ ބަލަންޖެހޭ. ޚާއްޞަގޮތެއްގައި އަންހެނުންނާއި ކުޑަކުދިން އަދި ޢުމުރުން ދުވަސްވީ ނޫހުންގެ އިޙްސާސްތަކަށް ރިޢާޔަތް ކުރަންޖެހޭ. 

ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭ އެއްޗެއް ނޫންކަމަށް ބުނާބަހުގެ މަތިން އަބަދުވެސް ހަނދާން އާކުރަންޖެހޭ." 

އަދިވެސް ޑރ. އިޔާޟް ވިދާޅުވެފައެވެ. 

މަޤާމުތަކާއި ޙަވާލުވެ ވަޑައިގަންނަވާއިރު ކުރައްވާ ހުވަޔަކީ ހަމައެކަނި ޤާނޫނީ ކަމެއްނޫނެވެ. އެހުވަޔަށް ވަފާތެރިވުމަކީ ޝަރްޢީގޮތުން އެމީހެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ. ހުވަޔާއި އެއްގޮތަށް ދެމިނުހުރެވޭނެނަމަ އަވަހަށް އިސްތިއުފާ ދެއްވާށެވެ.

މިއަދު އޮންލައިން