ބައަކު ދައްކާ ބިރަކަށް ސިހި ނުވަތަ އަނެއްބަޔަކު ރުއްސުމުގެ ބޭނުމުގައި ތިމާގެ ހެޔޮ ޢަމަލުތައް ބާޠިލުކޮށްގެން ނުވާނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބައަކު ދައްކާ ބިރަކަށް ސިހި ނުވަތަ އަނެއްބަޔަކު ރުއްސުމުގެ ބޭނުމުގައި ތިމާގެ ހެޔޮ ޢަމަލުތައް ބާޠިލުކޮށްގެން ނުވާނެ!: ޑރ. އިޔާޟް

ކިޔަމަންތެރި ވާންވީ ﷲ އާއި ރަސޫލާ ﷺ އަށެވެ. ބައަކު ދައްކާ ބިރަކަށް ސިހި ނުވަތަ އަނެއްބައަކު ރުއްސުމުގެ ބޭނުމުގައި ތިމާގެ ހެޔޮ ޢަމަލުތައް ބާޠިލުކޮށްގެން ނުވާނެއެވެ. ޙައްޤު ގޮތުގައި ޘާބިތުވެ ހުންނަންޖެހޭނެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމްލުތައް ތިޔަބައިމީހުން ބާޠިލްނުކުރާހުށިކަމެވެ!" (މުޙައްމަދު: 33)

އަދިވެސް ޑރ. އިޔާޟް ވިދާޅުވެފައިވެއެވެ. 

ޙައްޤުގޮތް އެނގުނީމާ އެހާރާއި މިހާރުގެ ވާހަކަ ދެއްކުމެއް ނެތެވެ. އަވަހަށް ޙައްޤަށް ރުޖޫޢަވާންވީއެވެ. 

"އުރެންގެ މެދުގައި، ޙުކުމް ކުރެއްވުމަށް ﷲ އާއި، އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، މުއުމިނުންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ." (އަންނޫރު: 51) 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން