- ޝައިޚުންނާ ޝިރުކު ޖަރީމާއާގުޅިގެން ބަންދުގަވާ އެންމެންނަށް ހެޔޮދުޢާ ކުރައްވާ!
އެންމެ ބޮޑެތި މުންކަރާތްތަކުގެ ތެރޭގައި ހިމެނޭ ލިވާޠުކުރާ މީހުން ހައްޔަރުނުކުރި ނަމަވެސް މުސްލިމުން ޝިރުކުގެ ތެރެއަށް ގެންދުވަން ހިންގާ ޔޯގާ އާއި ގުޅިގެން ފުލުހުން ބަންދުކުރި ޝައިހް ފަޒްލޫންގެ ބަންދަށް 7 ދުވަސް އަދި ޝައިހް އާދަމް ނިޝާން ޢަލީގެ ބަންދަށް 3 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.
ޝައިޚް އާދަމް ނިޝާން އެދުވަހު އަދާކުރެއްވި ދައުރު ދެނެވަޑައިގަތުމަށް ލިޔުމުގައިވާ ވީޑިއޯ ބައްލަވާ ލެއްވުމަށް ކިޔުންތެރިންގެ އަރިއަހުން ވަރަށް ބޮޑަށް އެދެމެވެ.
"މި ވީޑިޔޯ އިން ފެންނަނީ ހަމަނުޖެހުން ހުއްޓުވުމަށް ޝައިޚް ނިޝާން މަސައްކަތް ކުރައްވާތަން. މާތް ﷲ ޝައިޚަށާއި ޢާއިލާ އަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވާށި.އަވަހަށް މިނިވަންވެގެން ޢާއިލާގެ ގާތަށް އާދެވުމުގެ ތައުފީޤު ދެއްވާށި. އާމީން." ޑރ. އިޔާޟް
ވީޑިއޯ ހިމެނޭ ޓްވީޓް:
މި ވީޑިޔޯ އިން ފެންނަނީ ހަމަނުޖެހުން ހުއްޓުވުމަށް ޝައިޚް ނިޝާން މަސައްކަތް ކުރައްވާތަން. މާތް ﷲ ޝައިޚަށާއި ޢާއިލާ އަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވާށި.އަވަހަށް މިނިވަންވެގެން ޢާއިލާގެ ގާތަށް އާދެވުމުގެ ތައުފީޤު ދެއްވާށި. އާމީން. pic.twitter.com/YlHjUrv3Dz
— Dr.Mohamed Iyaz (@dr_iyaz) June 29, 2022