އިންޑިއާއިން ރާއްޖެ އައި ބޯޓެއްގެ ފަޅުވެރިން ބަނޑަށް ޖެހި ބޯޓުގައި ތިބެގެން ސަލާންޖަހަން ފަށައިފިއެވެ. އެމީހުން މިހާރު ގެނަދަނީ ބޯޓުގައި ތިބެގެން އެކިފަރާތްތަކަށް މެސެޖްކޮށް އާދޭސްކޮށް ސަލާންޖަހަމުންނެވެ. ބޯޓޫގައި ތިބިކަމަސް ބެލެވެނީ 3 ފަޅުވެރިންނެވެ.
މިބޯޓު އިންޑިއާއިން ރާއްޖެއައިސްފައިވަނީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މިބޯޓު އަދިވެސް ރާއްޖޭގައި އެބައޮތްކަން ކަސްޓަމްސްގެ މައުލޫމާތުން އެނގޭއިރު މިބޯޓާއިބެހޭ އެއްވެސް ތަފްޞީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
އިންޑިއާއިން ރާއްޖެ އައި ބޯޓެއް، އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްނުދީ 6 މަސްދުވަހު ރާއްޖޭގައި އޮންނަން ޖެހުމަކީވެސް ވަރަށް ގިނަ ސުވާލުތަކެއް އުފެދޭ ކަމެކެވެ.
ދުނިޔޭގައި މިބާވަތުގެ އެންމެ ބޮޑެތި ޖަރީމާތައް ހިންގުމުގައި ކުރިއަރާފައިވާ ޤައުމުތަކަކީ ބެސްޓްފްރެންޑުން ކަމުގަ ގެންގުޅޭނަމަ މިބާވަތުގެ ގޮތްނުއެނގޭ މައްސަލަތައް ކުރިމަތިވުން އިތުރުވާނެއެވެ.
އިންޑިއާިން މިއަދު ދިންކަމަށްބުނާ އެހީގެ 3 ގުނަ މިބޯޓުގެ ކަންކަމަށް ދިވެހި ސަރުކާރަށް ޚަރަދުކުރަންޖެހުނީމާ ފައިދާ ބޮޑުވާނީ ކޮންކޮޅަކަށްކަން ހިސާބުކޮށްލައްވާށެވެ!
ގުޅުންހުރި ލިޔުން:





