މާލޭ ބަނދަރުގައި އޮތް އެމްވީ ޕުރަވަލަން 1 ކިޔާ އާގު ބޯޓުގެ ފަޅުވެރިންގެ ނަން ވައްތަރީ ދެކުނު އިންޑިއާ ބައަކާ!!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މާލޭ ބަނދަރުގައި އޮތް އެމްވީ ޕުރަވަލަން 1 ކިޔާ އާގު ބޯޓުގެ ފަޅުވެރިންގެ ނަން ވައްތަރީ ދެކުނު އިންޑިއާ ބައަކާ!!

މާލޭ ބަނދަރުގައި އޮތް އެމްވީ ޕުރަވަލަން 1 ކިޔާ އާގު ބޯޓެއްގެ ފަޅުވެރިން ހާލުގައި ޖެހިގެން އެކި ފަރާތްތަކުގެ އެހީހަށް އެދެމުންދާކަމަށް ޚަބަރު އެބަ ލިބެއެވެ.

ޢެމްޕީއެލް ވެބްސައިޓުން ދައްކާގޮތުގައި ބޯޓު މާލެ އައިސްފައިވަނީ 26.12.2021 ގައި (މީގެ ހަމަސްދުވަސް ކުރިން) އިންޑީއާގެ ޓިއުޓިކޮރިން ބަނދަރުން ފުރައިގެންނެވެ. މެރިޓައިމް ޓްރެފިކް ވެބްސައިޓުން ދައްކާގޮތުގައިވެސް ބޯޓު އޮތީ މާލޭ އެންކަރޭޖްގައިކަމާއި، ބޯޓަކީ 292 ގޮރްސް ޓަނޭޖް، ޑެޑްވެއިޓް 700 މެޓްރިކްޓަނުގެ ކުޑަ ބޯޓެއްކަމަށް ބަޔާންކޮށްފައިވެއެވެ. 

ބޯޓުގައި ތިބި 3 ފަޅުވެރިން ނެރެފައިވާ ބަޔާނެއްގައި އެމީހުންގެ ހާލު ބަޔާންކޮށް ކައިބޮއި ހެދެންވެސް ނެތްކަމަށް ބުނެފައިވެއެވެ. އެ 3 ފަޅުވެރިންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން އެނގޭކަށެއް ނެތެވެ. ނަމަވެސް އެ 3 މީހުންގެ ނަމަށް ބަލާއިރު ބޮޑަށް ވައްތަރީ ސައުތް އިންޑިއާ ބައަކާއެވެ.

މިއަދު އޮންލައިން