އެންސީޓީސީގެ ބަޔާނަށް ބަލާއިރު ރާއްޖޭގެ ޝައިޚުންގެ ތެރެއިން އަޅުގަނޑުމެންނަ ފެންނަ ޝައިޚުންނަކީ ބަރާބަރު ފިކުރުގެ ޢިލްމުވެރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 39ސ
އެންސީޓީސީގެ ބަޔާނަށް ބަލާއިރު ރާއްޖޭގެ ޝައިޚުންގެ ތެރެއިން އަޅުގަނޑުމެންނަ ފެންނަ ޝައިޚުންނަކީ ބަރާބަރު ފިކުރުގެ ޢިލްމުވެރިން!

ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި މަތިވެރި ކުރައްވަމުން ގެންދަވާ ދީނީ ޢިލްމުވެރިންގެ އިސްތަށިފުޅުގައި ހަރުކަށިފިކުރުގެ ތާކިހާ އަޅުވަނީ ހަރުކަށި ފިކުރުގެ މީހުންކަން އެންސީޓީސީގެ ބަޔާނުން ވަރަށް ރަނގަޅަށް ވަނީ ސާފުިވެއެނގިފައެވެ.

ހަރުކަށި ފިކުރަކީ ކޮބައިކަން ބަޔާންކޮށް އެންސީޓީސީން މިއަދު ޢާންމުރި  ބަޔާނުގައި ބުނެފައި ވަނީ "ހަރުކަށި ފިކުރަކީ، ގާނޫނު އަސާސީގެ ރޫހާއި ގާނޫނީ ހަމަތަކާއި، އާންމު އިޖުތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރުމާއި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށް ހިތުމުގެ ފިކުރު ކަމަށާއި

އެއީ އެތަނެއްގެ ޘަޤާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ އަދި އެތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށް ބުނެ، އެގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުމަކީ ހުއްދަ ކަމެއް ކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރުމުގެ ފިކުރުކަމަށެވެ. 

މި ކަންކަމަށްބަލާއިރު މިކަންކަމަކީ ހަރުކަށިފިކުރުގެ ތާކިހާ ބައަކު އަޅުވަން އެމަސައްކަތްކުރާ އެއްވެސް ޝައިޚެއްގެ ކިބައި ހުރި ސިފަތަކެއް ނޫންކަން ޤަބޫލުކުރެއެވެ. އެންމެ ބޮޑަށް ޙަމަލާތައް އަމާޒުކުރަމުން ގެންދާ ޑރ. އިޔާޟް އާއި ޝައިޚް ޢަލީ ޒައިދު ފަދަ އެއްވެސް ޝައިޚެއްގެ ކިބައިން މި ބަޔާން ކުރާ އެއްވެސް ސިފައެއް އަދި މިހައިތަނަށް ފެނިފައިވާކަން އެނގޭކަށް ނެތެވެ. 

"ހަރުކަށި ފިކުރަކީ، ގާނޫނު އަސާސީގެ ރޫހާއި ގާނޫނީ ހަމަތަކާއި، އާންމު އިޖުތިމާއީ އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރާ" މީހުންކަން އެނގެން އޮތުމުން އިސްލާމް ދީނުގައިވާ ކަންކަން ޤަބޫލުނުކޮށް ﷲ ތަޢާލާ އަށާއި ރަސޫލް () އަށް ފުރައްސާރަކޮށް ކީރިތި ޤުރްއާނުގެ އާޔަތްތަކާއިމެދު ޝައްކު އުފައްދުވަން މަސައްކަތްކުރާ މީހުން އެ ފިކުރަށް ފެތެއެވެ. 

"އެއީ އެތަނެއްގެ ޘަޤާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ އަދި އެތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމުން ނޫންކަމަށް ބުނެ، އެގޮތަށް ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަން ކުރުމާއި ފޭރުމަކީ ހުއްދަ ކަމެއް ކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް، މީސްތަކުންނަށް އިހާނެތިކޮށް ހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރުމުގެ ފިކުރުކަމަށެވެ." 

މިބައަށް ބަލައިފިނަމަ ލާދީނީ ފިކުރާއި އެސްއެސް ފިކުރު މިބައަށް ވަރަށް ފުރިހަމައަށް ފެތެއެވެ. "އެއީ އެތަނެއްގެ ޘަޤާފަތާއި، ޒަމާންވީ އާދަކާދަތަކާއި، ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ އަދި އެތަނެއްގައި އޮންނަ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ" ލާދިނީ ފިކުރުގެ މީހުން މިބައަށް ކިތަންމެ ފުރިހައަމަކަށްވެސް ފެތެއެވެ. އަދި އެސްއެސް ފިކުރު މުޅި ބަޔާނަށް ވެސް ފެތެއެވެ. 

އެންސީޓީސީގެ ބަޔާނުގައިވަނީ ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ބުނެދީ އެ ފިކުރުގެ މީހުންގެ ކިބައިގައި ހުންނާނެ ސިފަތައް ހާމަކޮށްފައެވެ.

 

ހަރުކަށިފިކުރުގެ މީހުންނަކީ: 

ހަރުކަށި ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ ޠާޢޫތުން ކަމަށާ މުސްލިމުން ނޫންކަމަށް ބުނެ ދެއްކުމަށް މަސައްކަތްކޮށް، ރައްޔިތުންގެ މުދަލުން ވައްކަންކުރުމާއި ފޭރުން އެއީ ހުއްދަ ކަމެއްކަމުގައި ބުނެ އެކަމަށް ވަކާލާތުކުރާ މީހުންނާއި، މީސްތަކުންނަށް އިހާނެތިިކޮށްހިތާ އަނިޔާވެރިވެ، މީހުންގެ ފުރާނަޔާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއްކަމަށް ދައްކުވައިދީ، އެކަންކަން އެގޮތަށް ކުރުމަށް ހިތްވަރުދީ އެކަންކަން އެގޮތަށް ކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ކަނޑައަޅާފައެވެ.

އަދި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތަށް އިންކާރުކުރާ މީހުންނާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަކީ ބާތިލް އެއްޗެއްކަމަށް ބުނެ، އެކަން އެގޮތަށް ދެއްކުމަށް ވަކާލާތުކޮށް، ދިވެހިރާއްޖޭގެ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވެ ދިވެހި ސަގާފަތާއި ޒަމާންވީ އާދާކާދަތަކަށް އިންކާރުކޮށް ދިވެހި މުޖްތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި، މުޖްތަމައު ބައިބައިކުރަން މަސައްކަތްކުރާ މީހުންނަކީ އެފިކުރުގެ މީހުންކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ގައުމީ ދިދައާއި ދިވެހި ދައުލަތުގެ ނިޝާނާއި، ގައުމީ ސަލާމް ބަލައިނުގަތުމާއި ސުކޫލްތަކުގެ ގައުމީ ތައުލީމީ މަންހަޖުތައް ބަލައިނުގަތުމާއި، ދަރިވަރުން ސުކޫލަށް ހާޒިރުނުވުމާއި އެފިކުރަށް މަގުފަހިވާ ގޮތަށް ވަކާލާތުކުރުމާއި ބައިނަލްއަގްވާމީ ސިއްހީ މިންގަނޑުތަކުން ކުދިން މަހުރޫމް ކުރުމާއި، ދިވެހިރާއްޖޭގެ އަންނަން އޮތް ޖީލަށް ނުރައްކާވާފަދަ ފަނާކުރަނިވި ވިސްނުން ކުރިއަރުވާ ފެތުރުމާއި އިންސާނީ ހައްގުތަކަށް ބެލުމެއްނެތި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް، ކައިވެނި ކުރުވިކަމަށް ބުނެ، ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރުންވެސް ހިމެނެއެވެ.

 

މިއަދު އޮންލައިން