ސަރުކާރާ އިންޑިއާ ގުޅިގެން ހިންގި ޝިރުކު ފެތުރުމުގެ ޙަރަކާތާ ގުޅިގެން ބަންދުކޮށްފައިތިބި ކުށެއް ނެތް އެންމެން މިނިވަންކުރުމަށް ޑރ. އިޔާޟް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ސަރުކާރާ އިންޑިއާ ގުޅިގެން ހިންގި ޝިރުކު ފެތުރުމުގެ ޙަރަކާތާ ގުޅިގެން ބަންދުކޮށްފައިތިބި ކުށެއް ނެތް އެންމެން މިނިވަންކުރުމަށް ޑރ. އިޔާޟް ގޮވާލައްވައިފި

ސަރުކާރާ އިންޑިއާ ގުޅިގެން ހިންގި ޔޯގާ (ހިންދޫ ބުދިސްޓް ކަލާނގެތަކާ ގުޅުން) ޝިރުކު ފެތުރުމުގެ ޙަރަކާތާ ގުޅިގެން ބަންދުކުރި އެންމެން މިނިވަންކުރުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ގޮވާލައްވައިފިއެވެ. 

މިކަމަށް ގޮވާލައްވައި ޑރ. އިޔާޟް ކުރެއްވި ޓްވީޓް ޓެގްކުރައްވާފައިވަނީ ފުލުހުންނަށެވެ. 

ފުލުހުން ހެކިހޯދާނެކަމަށް ބުނާ ބުނުމުގެ މައްޗަށް ބުރަވެ ބަންދުގެ މުއްދަތު ކޯޓުތަކުން އިތުރުކޮށްދޭތީވެސް ގިނަބައަކު ކަންބޮޑުވެއެވެ. ފުލުހުންވަނީ މިމޭރުމުންބުނެ ކޯޓުތަކަށް ދޮގުމައުލޫމާތުދީގެން ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އެތައްބައަކު ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ގެންގުޅެފައިކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

"އަނިޔާ ލިބެމުންދާމީހާގެ ބަދުދުޢާ އާއި ﷲ އާއި ދެމެދު ހުރަހެއްނުވާކަން ހަނދާންކޮށް، ތިމާމެންނަށް ހެދުނު ގޯހުގެ މަތިޖަހަން ހައްޔަރުކޮށްފައިތިބި ކުށެއްނެތް އެންމެން މިނިވަން ކުރައްވާ. @PoliceMv" 

މިއަދު އޮންލައިން