މިއަދު ހުކުރު ވަގުތު ސަލްމާން މިސްކިތުގެ މިންބަރަށް އަރާ، އަޑުގަދަ ކުރި މީހާ ދޫކޮށްލައިފި ކަމަށާއި އޭނާ ދޫކޮށްލީ ނަފްސާނީ ބަލި މީހާކަށް ވާތީ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މީހާ އާއިލާއާ ހަވާލުކޮށްފައިވަނީ ރިޕޯޓްތަކަށް ބެލުމަސްފަހުގައި ކަމަށެވެ!
މީގެ ކުރިން މާލޭގެ މިސްކިތްތަކަށް ކުޑަކަމުގޮސް މިސްކިތުގައި އޮތް ޚަޠިމަކަސް ކުޑަކަމުދިއަ މީހާވެސްވީ ނަފްސާނީ ބަލީގެ މީހަކަށެވެ. އޭނާގެ ޢާއިލާއިންވެސް ލިޔުންތަކެއް ގެންގުޅުނު ކަމަށްވެއެވެ.
ތިމަރަފުށީގައާއި އެނޫންތަންތަނުގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންވެސް ވަނީ ހަމަ ނަފްސާނީބަލީގެ މީހުންނަށެވެ.
މިއަދު މިދިމާވިގޮތުން އައިއެސްފިކުރުގެ މީހުންނާ ނަފްސާނީ ބައްޔާއި ގުޅުންހުރިކަމަށްވުން ގާތްކަން މިވަނީ އެނގިފައެވެ. ވީމާ އެއީ ހަރުކަށިފިކުރުގެ މީހުންކަމަށް ބުނަން ދަތިތަކެއް މިވަނީ ކުރިމަތިވެފައެވެ.
އެހާބޮޑު ނަފްސާނީ ބަލީގެ މީހަކު ނުބަލަހައްޓައި މިސްކިތުގެ ހުރުމަތްކަނޑަން ދޫކޮށްލި ބެލެނިވެރިން ބަންދުކޮށްފިތޯ؟ ފުލުހުންނާ ސުވާލުކުރުމުން ބުނީ އެ މައްސަލަ އާއި ގުޅިގެން އިތުރު މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ގަލޮޅު ދަނޑަށް ހިޔަނި އެޅި މީހުންނާ އެއް މިލިމީޓަރު ބޮމާގުޅުންހުރި އެންމެންނާ ކަނޑު އަޑީގައި އޮންނަ ކުޑަކުޑަ ސިމް ހޯދުމުގެ ޤާބިލުކަން ލިބިފައިވާ ފުލުހުން މިސްކިތްތަކުގެ ޙުރުމަތްކެނޑުމާ ބެހޭ މައްސަލަތަކުގައި ޢަމަލުކުރާ ގޮތުން މިކަންކަމަކީ ސަރުކާރުން ހިތްވަރުދީގެން ކުރާ ކަންކަން ކަމާއިމެދު ސުވާލު އުފެދެއެވެ.