ރައީސް ޞާލިޙަށް: ހަރުކަށިފިކުރުގެ ވާހަކަ ދެއްކެވުން ދެން ރީތިވާނީ ނަފްސާނީ ބަލިމީހާ ލައިގެންހުރި ހެދުމާ ގުޅުންހުރި މިސުވާލުތަކުގެ ޖަވާބު ސަރުކާރުން ދީފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރައީސް ޞާލިޙަށް: ހަރުކަށިފިކުރުގެ ވާހަކަ ދެއްކެވުން ދެން ރީތިވާނީ ނަފްސާނީ ބަލިމީހާ ލައިގެންހުރި ހެދުމާ ގުޅުންހުރި މިސުވާލުތަކުގެ ޖަވާބު ސަރުކާރުން ދީފަ!

1 އޭނާ އުޅެނީ އެކަނި ފަޅުގެއަކުތޯ؟

2 އޭނާ އުޅެނީ މީހުން އުޅޭ ގެއެއްގައިނަމަ ގެއިން ނުކުތީ އެއްވެސް މީހަކަށް ނުފެނި ފިލައިގެންތޯ؟

3 ނޫންނަމަ ހެދުން ބަދަލުކުރީ ކޮންތަނެއްގައިހުރެތޯ؟

4 އޭނާއަށް އެހެދުން ދިނީ ކާކު ކޮން ދުވަހަކުތޯ؟

5 ނަފްސާނީ މީހާގެ ބެލެނިވެރިންނަށް އޭނާ އެހެދުން ގެންގުޅޭކަން ހަމަ ނޭނގެނީތޯ؟ ނޭނގޭނަމަ ނޭނގެންވީ ކީއްވެގެންތޯ؟ 

މިސުވާލުތައް ކުރުމުން ފުލުހުން ބުނީ ކަމާއި ގުޅުންހުރި މައުލޫމާތު ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ދީފައިވާނެ ކަމަށާއި އެތަންތަނުން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް އުންމީދުކުރާކަމަށެވެ. 

ހާދިސާ ހިނގުމުން އޭނާ ލައިގެންހުރި ހެދުމަކީ އައިއެސްއަށް ނިޞްބަތްވާ ހެދުމެއްކަމަށް ގިނަ ބައަކު ވަނީ ޤަބޫލުކޮށްފައެވެ. ބައެއް ނޫސްތަކުގައިވެސް ވަނީ ލިޔެފައެވެ. އަދި ރާއްޖެއަކީ ޝަހާދަތުގެ ދެކަލިމަ އާއި ރަސޫލާ ގެ ނަންފުޅު ބޮޑު އަކުރުން ލިޔެގެން ހެދުންލައިގެން އުޅޭބައަކު އުޅޭ ޤައުމެއްވެސް ނޫނެވެ. އަދި ކުރިން ބައަކު މިފަދައިން ކަޅު ފޮތިގަނޑެއްގައި ލިޔެގެން މަގުމައްޗަށް ނުކުތުމުން އެއީ އައިއެސްގެ ދިދަ ގެންގުޅުން ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ. 

ވީމާ ހުކުރު ދުވަހު ހިނގައިދިއަ ކަމަކީ ރާއްޖޭގައި އައިއެސްގެ ބާރު އޮތްވަރު ދައްކުވަން ބައަކު ވަރަށް މޮޅަށް ރާވައިގެން ކުރުވިކަމެއްކަމާއިމެދު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.  

ވީމާ ހެދުމާއި ގުޅުންހުރި މިސުވާލުތަކުގެ ޖަވާބު ކަމާއި ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން ދޭންޖެހޭކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ. ޖަވާބު ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށްވެސް ގިނަބައަކު ދެކެއެވެ. 

މިއަދު އޮންލައިން