އިޤްޠިޞޯދު ރަނގަޅުކުރަން މިހާރުން މިހާރަށްވެސް ސިޔާސީ މަޤާމުތައް މަދުކޮށް ބޮޑު އަގުގަ ކުއްޔަށް ހިފި ގެތައް ދޫކޮށްލަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އިޤްޠިޞޯދު ރަނގަޅުކުރަން މިހާރުން މިހާރަށްވެސް ސިޔާސީ މަޤާމުތައް މަދުކޮށް ބޮޑު އަގުގަ ކުއްޔަށް ހިފި ގެތައް ދޫކޮށްލަން އެބަޖެހޭ!

ޤައުމުގެ އިޤްޠިޞޯދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބަލައި ސިވިލް ސާވަންޓުންނާއިމެދު މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. ސުވާލަކީ ހަމައެކަނި އެވަރުން ޤައުމުގެ އިޤްޠިޞޯދު ސަލާމަތްކުރެވޭނެތޯއެވެ؟ 

ސިވިލް ސަރވަންޓުންގެ 10 މީހުންނަށް ލިބޭ މުސާރަ އެންމެ ސިޔާސީ މަޤާމަކަށްލިބޭ ސިޔާސީ މަޤާމުތައް ބައިވަރެވެ. އެފަދަ ގިނަ މީހުން އަވަދިބެތި އުޅޭތަން ފެންނަނީ ޕާޓީކުރިއަރުވާށެވެ. ވެރިން ރުއްސާށެވެ. 

ލާމަރުކަޒީ ނިޒާމުންވެރިކަންކުރަން ކައުންސިލްތައް އިންތިކާބުކޮށް ނިމުނުއިރު ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީ ނުލިބުމުން ކައުންސިލުގެ މަސައްކަތްތަކަށް އަތްބާނަން ޖެނެރަލުންތަކެއް ހަމަ ބޮޑުމުސާރަދީފައި ލައިފިއެވެ. 

އެވަރުން ފުދުނީއެއް ނޫނެވެ. ބޮޑުއަގުދީފައި ގެތަކެއް ކުއްޔަށް ހިފައިފިއެވެ. މިއީވެސް ރައްޔިތުންގެ ފައިސާއިން ކުރިން ކުރަމުން އައި ޚަރަދުތަކެއް ނޫނެވެ. 

އުދައެރުމުން ލިބޭ ގެއްލުން ފޫބައްދަންވެސް އަދި ދުނިޔޭގެ އިޤްޠިޞޯދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުކުޑަކުރަންވެސް ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ސިޔާސީ މަޤާމުތައް މަދުކޮށް، ބޮޑުއަގުގައި ކުއްޔަށް ހިފިގެތައް ދޫކޮށްލުން ނޫންތޯއެވެ؟ ހަމައެކަނި ސިވިލް ސާވަންޓުންނަށް ކުރިއެރުން ނުދީ މަޤާމު އިތުރުނުކުރުމުން މައްސަލަތައް ޙައްލުކުރެވޭނެތޯއެވެ؟ މިހިރީ ހަމަ ތަންކޮޅެއް ބޮޑަށް ވިސްނާލަންޖެހޭނެ ކަންކަން ނޫންތޯއެވެ؟

މިއަދު އޮންލައިން