މުޙައްމަދު ލަޠީފް (ގޯގޯ ލަޠީފް) އަވަހާރަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މުޙައްމަދު ލަޠީފް (ގޯގޯ ލަޠީފް) އަވަހާރަވެއްޖެ!

ވަރަށް ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ މުޙައްމަދު ލަޠީފް (ގޯގޯ ލަޠީފް) ދެމިއިތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. 

ލަޠީފަކީ ތަޤްވާވެރިކަމުގެ ގޮތުން އަބަދުވެސް ފާހަގަކޮށްލެއްވޭ ބޭފުޅެކެވެ. އެއީ މީގެ 40 އަހަރުކުރިއެވެ. އަމިއްލަ ޙިއްޞާ އޮތް ރިޒޯޓެއްކަމަށްވާ ރަންނާޅީގައި ހުންނަވާއިރުވެސް ފަރުޟު 5 ނަމާދު ކުރެއްވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވެވިއެވެ. އަދި މުވައްޒިފުންނަށްވެސް ދީނަށް ޢަމަލުިކުރުމަށް ނަޞޭޙަތް ދެއވައި ބާރުއަޅުއްވަމުން ގެންދެވިއެވެ. 

މީގެ އިތުރުން މުޙައްމަދު ލަޠީފަކީ ދީލަތި ބޭފުޅެކެވެ. ކަމަކު އެދިގެން ބައްދަލުކުރާ މީހުންނަށާއި ޢާއިލާގެ ބޭފުޅުންނަށް ވަރަށް ދީލަތިކަމާއިއެކު އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެކެވެ. 

މުޙައްމަދު ލަޠީފަކީ އެމްޑީޕީގެ އެންމެ އިސް އެއް ބާނީވެސްމެއެވެ. ޕާޓީ އާއި ދުރަށް ޖެހިވަޑައިގަތީ އިސްލާމްދީނުގެ ކަންކަމުގައި ޕާޓީން ޢަމަލުކުރާ ގޮތާއި ހިތްޕުޅު ހަމަނުޖެހިގެންނެވެ. މުޙައްމަދު ލަޠީފަކީ އިސްލާމް ދީން މަތިވެރިކުރުމަށް އަބަދުވެސް މަސައްކަތްކުރައްވާ ބޭފުޅެކެވެ. 

މިވާހަކަތައް މިގޮތަށް މިލިޔުނީ އަޅުގަނޑަކީ މުޙައްމަދު ލަޠީފްގެދަށުން ޒިންމާދާރު މަޤާމުތަކުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރި މުވައްޒިފަކަށްވާތީ މިކަންކަން ލޮލުންދެކެ ތަޖުރިބާ ކުރެވިފައިވާ މީހަކަށްވާތީއެވެ. 

މުޙައްމަދު ލަޠީފަކީ ޑރ. ޢަބްދުޞަމަދު ޢަބްދުﷲ ގެ އަޚެކެވެ. ގދ. ތިނަދޫއަށް ނިޞްބަތެވެވަޑައިގަންނަވާ ތިނަދޫގެ ފަޚުރުވެރި ދަރިއެކެވެ.

މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި, ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!

 
މިއަދު އޮންލައިން