ޔޯގާގެ ނަމުގައި ހިންދޫ ، ބުދިސްޓުން އެމީހުންގެ ކަލާނގެތަކާ ގުޅެން ހިންގާ ހަރަކާތް ގަލޮޅު ދަނޑުގައި ހިންގަން ހުރަސްއެޅިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ޝައިޚް އާދަމް ނިޝާން ޢަލީގެ ބަންދަށް އިތުރު 13 ދުވަސް ޖަހައިފިއެވެ.
މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ފުލުހުންގެ ވާހަކަތަކުގައި މައްސަލަ އެބަހުރިކަމަށާއި ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމަށް މުއްދަތު ޖަހަން އިންނެވި ގާޟީ އިންނެވީ ހިނދުކޮޅުގައިތޯ ސުވާލު އުފެދޭކަމަށެވެ.

ފުލުހުން އެދެމުންދަނީ ވާނުވާ ޖަހައި މުއްދަތެއް ނެތްގޮތަށް ޝައިޚް އާދަމް ނިޝާން ބަންދުކުރުމުގެ އަމުރަކަށެވެ.
ޝައިޚް އާދަމް ނިޝާންގެ ބަންދަށް ފުރަތަމަ ޖަހައިދިނީ 7 ދުވަހެވެ. ދެން 3 ދެން 3 ދުވަހެވެ. މިފަހަރު 13 ދުވަހެވެ. ދެން ޖަހާނެވަރެއް އެނގޭނީ 13 ދުވަސްފަހުންނެވެ.
"ޔާ ﷲ! ދެން ޖަހާ ޙުކުމަކީ ވާނުވާ ކަމުގައިވިޔަ ނުދެއްވަވާނދޭވެ! މީގެ ކުރިންވެސް އިންޓެލިޖެންސް ރިޕޯޓޭ ކިޔައިގެން ފުލުހުން ކޯޓުތަކަށް ދިން މައުލޫމާތުތައް ސާބިތުކޮށް ނުދެވޭކަން އިނބަ ﷲ ދެނެވޮޑިގެންވަމުއެވެ. މިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކޮށް ދެއްވަވާނދޭވެ!" އާމީން