ބަހަކާއި ކާރެއް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ބަހަކާއި ކާރެއް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ!

އެކުވެނި ޓްރެކް ސަރަހައްދުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓްގެ މަައުލޫމާތު ލިބުނީ 6:09 އެހާކަންހާއިރު ކަމަށާއި ހަ މީހަކަށް އަނިޔާވެފައިވާއިރު އެކަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފަިއވަނީ އަންހެނެކެވެ.

އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހިގެން ހިނގި ނުރައްކާތެރި މި އެކްސިޑެންޓްގައި އިތުރު ފަސް މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓް ހިނގާފައިވާގޮތާބެހޭގޮތުން ފުލުހުން ބުނެފައިވަނީ މި  އެކްސިޑެންޓް ހިނގީ އެކުވެނި ދަނޑު ކައިރި ބޭރުން ދުއްވާފައި ދިޔަ ކާރެއް އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، އެ މަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިގެން ކަމަށެވެ.

މިއަދު އޮންލައިން