ވައްކަން ހުއްޓުވޭނެ ހަމައެކަނި ޙައްލަކީ މިއީއެވެ. ޝަރަފުވެރިއެއް އަދައިގެ ނިކަމެއްޗެއް ތަފާތުކުރުމެއްނެތި ޙައްޤު އަދަބު ދޭންވީއެވެ.: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިބަސްކޮޅާއިއެކު ޓްވީޓްކުރައްވާފައިވަނީ އަލް މާއިދާ ސޫރަތުގެ 38 ވަނަ އާޔަތެވެ!
"ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ، ޢަޒީޒްވަންތަ ޙަކީމްވަންތަ ވަންތަ ރަސްކަލާނގެއެވެ." (އަލް މާއިދާ: 38)
ٱلْعَزِيزُ: އެއްވެސް ފަރާތަކަށް އެއިލާހުގެ މައްޗަށް ގަދަވެ ނުގަނެވޭ, ގަދަފަދަވަންތަ އިލާހު،
ٱلْحَكَمُ: ޚަލްގުތަކުންގެ މެދުގައި ޙުކުމް ކުރައްވާ ނިޔާކަނޑައަޅުއްވާ އިލާހު،
ٱلْحَكِيمُ: ހުރިހާ ކަމެއް ފުރިހަމައަށް ކުރައްވާ, ޙިކްމަތްވަންތަ އިލާހު.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު މަޖިލީހުގައި އެންމެ ފަހުން ހޯމް މިނިސްޓަރާއި ސުވާލުކުރީވެސް މަރުގެ އަދަބުދިނުމާއި ބެހޭ ގޮތުންނެވެ. ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ ވާހަކައެއް ނުދައްކައެވެ. ވައްކަންކުރުމުން އަތްކެނޑުން ހުއްދަކުރާ ޤާނޫނެއްވެސް މަޖިލީހުން ފާސްކޮށްފައެއް ނެތެވެ. ފަހަރަކަށްވުރެ ފަހަރަކު ގެންދަނީ ވައްކަންކުރުމުގެ އަދަބު ލުއިކުރަމުންނެވެ. މިހާރު ކޮފީތަށްޓެއްގެ އަގާއެއްވަރުގެ ޖުރިމަނާއަކުންވެސް ފުދެއެވެ!