ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއްފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއްފަށައިފި

ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތަށް އަލަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ ޚިދުމަތްތައް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިކަމާގުޅިގެން ދިރާގުން ބުނެފައިވަނީ މި ޕްރޮމޯޝަނުގެ ދަށުން ފައިބާ ބްރޯޑްބޭންޑުގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް ރައުޓަރުން 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށާއި މީގެ އިތުރުން ދިރާގު ޓީވީއަށް އެންމެ ފުރަތަމަ ހުށަހަޅާ 300 ކަސްޓަމަރުންނަށް ހިލޭ ވަޔަލެސް ކީބޯޑެއް ލިބޭނެ ކަމަށެވެ، އަދި، ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ޗެނަލެއް އެންމެ 350 ރުފިޔާއަށް ބަލައިލުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ މިމަހުގެ ނިޔަލަށެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު 78 ރަށެއްގައި ދެމުން އެބަދެއެވެ. އަދި ރާއްޖޭގެ ގޭބީސީތަކުގެ 82 ޕަސެންޓަށް އެ ޚިދުމަތް ބޭނުންކުރެއެވެ.

 

މިއަދު އޮންލައިން