އަބަދު ދައްކަނީ ހަރުކަށި ފިކުރުގެ ވާހަކައެވެ. އައިއެސްގެވާހަކައެވެ. އަންގަނީ މިސްކިތަށް ޖަމާއަތަށް ދިއުިމަކީ ހަރުކަށިފިކުރުކަމަށެވެ. ހަރުކަށި ފިކުރުގަ އަޅުވާފައި ރާއްޖެއިން އިސްލާމްދީން ފުހެލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެންމެ ބާރުމިނުގައި ގެންދަނީއެވެ. ރާއްޖެއަކީ ކާފިރު ޤައުމެއްކަމަށް ނަންބޯޑު ޖަހަން އަދި ކުޑަކޮށް ބިރުހީވެ ފަސްޖެހުނު ނަމަވެސް ރާއްޖޭގައި ހިންދޫ ކަލާނގެގެ ބޯޑުތައް ޖަހަން ފަށައިފިއެވެ.
ފުލުހުން ހައްޔަރުކުރަންބޭނުންވީމާ އައިއެސްގެ ލޯގޯ ޖެހި ފޮތިގަނޑު ވެފައި އޮތީ އައިއެސްގެ ދިދައަކަށެވެ. ފުލުހުން އެކަމަށް ހިތްވަރުދީ އަޅާނުލައި ދޫކޮށްލަން ބޭނުންވީ އެ ފޮތިގަނޑަށްވުރެ މާބޮޑުކޮށް ހަމައެލޯގޯޖެހި ލިބާހެއް ލައްވައިގެން މިސްކިތަށް ފޮނުވައި މިސްކިތުގެ ޙުރުމަތް ކެނޑީމާ މިހާރު އެއީ އައިއެސްގެ ލޯގޯ ކަމަކަށްވެސް ނުވިއެވެ. އެހެދުން ދިން މީހަކު ހޯދައި ބަލާކަށްވެސް ބޭނުމެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ.! ހަރުކަށި ފިކުރުގެ ބޭނުން މިކުރަނީ ރާއްޖެއިން އިސްލާމް ދީން ފުހެލުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައިވިއްޔާއެވެ! މިލިބާހުގެ މައްސަލައިން އެކަނިވެސް އެކަން ޔަޤީންކުރެވިގެން ނުދަނީތޯއެވެ؟
ސުބްޙާނަﷲ ! އަލްޙަމްދުލިﷲ! ﷲ އަކްބަރު! މިނުބައި ނުލަފާ މަކަރުވެރި ރޭވުންތަކުން ދިވެހި އުންމަތް ސަލާމަތްކުރައްވަވާނދޭވެ! އާމީންް
"އެއުރެން (އެބަހީ: ކާފިރުވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. ﷲ، (އެއުރެންގެ ރޭވުންތައް ބާޠިލް ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) ތަދުބީރު ކުރެއްވިއެވެ. ﷲ އީ، މަކަރުވެރިންނަށްވުރެ ތަދުބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ." (އާލް ޢިމްރާން: 54)