"ލަދުޙަޔާތް ކުޑަކަމާއި ވަޙުޝީކަން ވެސް ޙައްދުން ނައްޓާފައިވާ ހިސާބަށް ކަންކަން މިދަނީ. މިސްކިތުގެ ޙުރުމަތް ކަނޑައި، ކުޑަކުދިން ކުރިމަތީގައި ބޮޑެތިސިންގާ ފިރިހެނުންގެ ޓައިޓު ތެރެއަށް ރޯމާ ދުވާލު މެންދުރު މަގު މެދުގައި އަތް ބާނައިގެން ތޯ ޢީދު ފާހަގަ ކުރަން އޮންނަނީ؟
މިއީ މާތް ﷲގެ ދީނަށް ކުރާ ފުރައްސާރައެއް ތޯ؟! ހަލާކު ހުރި. މިމީހުންނަށް އަދަބު ދޭން ޖެހޭ. ތަޢުޒީރީ ޙައްދު ނަމަވެސް ޖަހަން ޖެހޭ. ދައްޖާލަށް ތަބާވާ ފާސިޤު ކަސްބީ އަންހެނުންހެން އުޅޭ އިރު މި މީހުން ފިރިންނާއި ބަފައިންނަކީ ހިތުގައި އެއްވެސް ޣީރަތްތެރި ކަމެއް ނެތް ދައްޔޫޘުން ތަކެއް ބާ؟
ކޮބައިބާ މިވަރުވާއިރު މިރަށުގައި އުޅޭ ސުންނަތުގެ މީހުން. މިކަން ހުއްޓުވަން އެކަމާ ދެކޮޅަށް އިންކާރު ކުރަން ދާނެ ބަޔަކު ވެސް ހަމަ ނެތީތޯ؟"
- ޝައިޚް ޒަމްޒަމް ފާރިޝް