މަޖިލިސް މެންބަރުން ކޮށްގެން ތިބި ހުވައަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާ ހުވައަށް ޢަމަލުކުރަން ޑރ. އިޔާޟް އިލްތިމާސް ކުރައްވައިފިއެވެ. ޑރ. އިޔާޟް މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މެންބަރު ޢާޒިމަށް ކުރެއްވި ޓްއީޓެއްގައެވެ.
"މިއީ ދިވެހިރާއްޖެ. ޤާނޫނީ ގޮތުން 100% މުސްލިމް ޤައުމެއް. އަފްޣާނިސްތާނެއް އަދި ޔޫރަޕެއްވެސް ނޫން. އިސްލާމީ އުޞޫލުތަކަށް ތަބާވާންޖެހެނީ ހަމައެކަނި ގަންދަހާރަކުއެއް ނޫން. ވީކޮންމެ ތަނެއްގައި. ޚާއްޞަގޮތެއްގައި މަނިކްފާނު ކުރައްވައިގެން ހުންނެވިފަދަ ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުން ސަމާލުވާންޖެހޭ. ހުވަޔަކީ ކުޅޭކުޅޭ އެއްޗެއް ކަމަށް ހީނުކުރައްވާތި!"
އިސްލާމީ އުޞޫލުތަކަށް ތަބާވާންޖެހެނީ ހަމައެކަނި ގަންދަހާރަކުއެއް ނޫން. ވީކޮންމެ ތަނެއްގައި. ޚާއްޞަގޮތެއްގައި މަނިކްފާނު ކުރައްވައިގެން ހުންނެވިފަދަ ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުން ސަމާލުވާންޖެހޭ. ހުވަޔަކީ ކުޅޭކުޅޭ އެއްޗެއް ކަމަށް ހީނުކުރައްވާތި @aliaazim https://t.co/Oo9d67zvPF
— Dr.Mohamed Iyaz (@dr_iyaz) July 12, 2022