ޝްރީލަންކާގެ ރައްޔިތުން ދުނިޔޭގެ އެންމެ ނިކަމެތި ޙާލުގައި ޖެއްސުވުމުން އެޤައުމުގެ ރައްޔިތުން ނުކުމެ ބެރިކަމުން ބޭރުކޮށްލި މީހަކަށް ރާއްޖެއިން ޙިމާޔަތް ދިނުމުން ފެނި ޔަޤީންވެގެން މިދިއައީ ރައްޔިތުންގެ ފުރާނައަށްވެސް މިސްރުކާރުގަ އެއްވެސް ވަރަކަށް ލޯތްބެއް ކުލުނެއް ނެތްކަން ނޫން އެހެން ކޮންކަމެއްތޯއެވެ؟
ޝްރީލަންކާއަކީ އެތައް ހާސް ދިވެހިރައްޔިތުން ދިރިއުޅެމުންދާ ޤައުމެކެވެ. އެމީހުންނަށް ލިރިމަތިވެދާނެ އެއްވެސް ކަމަކަށްވެސް ސަރުކާރުން ވިސްނައިނުލީއެވެ. އަދި ރާއްޖޭގައި ވެސް ދީފާނެ ގެއްލުމަކަށްވެސް ވިސްނައިނުލީއެވެ.
ސްރީ ލަންކާގެ ސަރުކާރުން އެޤަުމުގެ ރައްޔިތުން ޖައްސާފައިވާ ނިކަމެތި ޙާލުގެ ސަބަބުން އެޤަުމުގެ އެތައް މިލިއަން ރައްޔިތުންގެ ލޭކެކި އުތުރިއަރަމުންދާ ވަޤުތެއްގައި ސަރުކާރުން މިކުރި ކަންތަކުގެ ނަތީޖާ ފެންނާނީ ކޮންފަދަ ބޮޑު ގެއްލުމެއްގެ ގޮތުގައިކަންވެސް މިވަނީ ނުއެނގިފައެވެ. ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.
ރާއްޖެއަކީ ޤައުމަށް ޣައްދާރުވާ ބޮޑެތި ވަގުންނަށް ޙިމާޔަތްދޭ ޤައުމަކަށް ހެދުމުން އެނގިގެން މިދިއައީ އެކަންކަމަށް ދިވެހިރާއްޖޭގެ ސަރުކާރުން ތާއީދުކުރާ މީންވަރެވެ. މަންޒަރު ރީތިކުރަން ކިތަންމެ ރީތި ވާހަކަތަކެއްވެސް ދެއްކިދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ މިއީ ނޫންކަމަކަށް ނުހެދޭނެއެވެ.
މައުލޫމާތު ލިބޭގޮތުން ސްރީލަންކާގެ ރައީސަށް ރާއްޖެއިން ފުރުޞަތުދިނުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި ބައެއް އިދާރާތަކުންވެސް ވަނީ ދެކޮޅުހަދާފައެވެ. ރައީސް ރާއްޖެ ޕަކްސަގެ ޢާއިލާއަކީ ރާއްޖޭގެ އެންމެ ތަނަވަސް، ސަރުކާރުގެ މައްޗަށް ނުފޫޒު ހިންގާ، ސަރުކާރަށް ހޭދަކުރާ ބައެއް ފަރާތްތަކާއި ވަރަށް ގުޅުން ބޮޑު ޢާއިލާއެއްކަން ފާހަގަކުރެވެއެވެ.
President @ibusolih has criminalised criticism of his foreign policy! And now he & his cronies running Maldives are offering safe haven to alleged war criminals & their cronies from Sri Lanka! Disgraceful! https://t.co/qW2KwUrGxB
— Ahmed Shaheed (@ahmedshaheed) July 12, 2022