ސާކުގެ ތާރީޚުގައިވެސް ސާކުގެ ޤައުމެއްގައި ހިންގި އެންމެ ބޮޑެތި ވައްކަންތައް ކުރިކަމަށް މިހައިތަނަށް ބެލެވޭ ސަރުކާރުގެ ރައީސަށް ރާއްޖެއިން މިވަނީ ހިމާޔަތްދީފައެވެ. އެކަމުގެ އަގު ރާއްޖެއިން ދައްކަން ޖެހޭނީ ކިހާވަރަކަށް ކޮން ގޮތަކަށް ކަމެއް އަދި ވަނީ ނުއެނގުމެއްގެ ތެރޭގައެވެ. އެނގޭކަމަކީ ބޮޑު އަގެއް ދައްކަން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމެވެ.
ސްރީލަންކާގެ ރައްޔިތުން ދިރިނުއުޅޭ ޤައުމެއް ދުނިޔޭގައި ނެތްކަމަށް ބުނެވިދާނެއެވެ. މިހުރިހާ ޤައުމުތަކެއްގައިވެސް މިދުނިޔެމަތީގެ ސުވަރުގެ ކަމަށް ދައުވާކުރަމުން އަންނަ ސުވަރުގެއާއި ދެކޮޅަށް މުޒާހަރާކުރާނެކަމަށް ބެލެވެއެވެ.
ރާއްޖޭގައި ތިބި ސްރީލަންކާގެ ގިނަ ބައަކު މިހާރުވެސް އެގެންދަނީ އަޑުއުފުލަމުންނެވެ. ސްރީލަންކާފަދަ ދިވެހިންނާއި ގާތް ގުޅުމެއް އޮންނަ ޤައުމެއްގެ ރައްޔިތުންގެ އިޙްޞާޞްތަކުގައި ކޮޅުފައިން ޖެހުމަކީ ވަރަށް ހިތާމަހުރިކަމެއްކަން ދިވެހިރައްޔިތުންގެ ގިނަ ބައަކު އެގެންދަނީ ހާމަކުރަމުންނެވެ.
ރާއްޖެ ވަގުންގެ ސުވަރުގެއަކަށްވީއެވެ.! ވަގުން ވަގުން ޙިމާޔަތްކުރާނެއެވެ.! ކާފިރުންނަށް ވިކުނީމާ ލާދީނީ ފަތުރާނެއެވެ.! އެއީ މޫސުމަށް ލާހެދުމަކުން ލާޖުއްބާގެ ނުވަތަ ގައިގަ އޮޅާ ފޮށައިގެ ކުލައިން ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ!