މީހުންނަށް އެންމެ ގިނައިން ވަގަށް ގޮވަނީ މަޖިލީހުގައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ވާހަކަތައްވެސް އެންމެ ގިނައިން ދައްކަނީ މަޖިލީހުގައެވެ. އެކަމަކު 3 މަހުން ހާމަކުރަންބުނި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ފައިސާ ލިބުނު މީހުންގެ ލިސްޓް 3 މަސްތެރޭގައި ހާމަކުރަންބުނިތާ 3 އަހަރުވީއެވެ. އެލިސްޓް އަދިވެސް އޮތީ މަޖިލީހުގެ ބޮޑު ސިއްރުގެ ގޮތުގައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ދުވަސްވަރު މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް މެންބަރުން މިސަރުކާރުގެ ބައެއް ވަޒީރުންގެ ވަރަށްބޮޑެތި ވައްކަމާ މަނީލޯންޑްރިންގ މައްސަލަތަކެއްގެ ޙަޤީޤަތް އެމްއެމްއޭއިން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް ބުންޏެވެ. އަދިވެސް އެބުނާ ވަރަށް އަވަސް ރައްޔިތުންނާއި ބައްދަލެއް ނުކުރެއެވެ.
އެކަމަކު އެއްބައަކު އަނެއް ބައަކަށް ވަގަށް ގޮވުން ނޫންކަމެއް ނުކުރެއެވެ. މިއީ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކާއިމެދު ރައްޔިތުން ޣާފިލުކުރުވައި ކަނުބަންނުވަން ދައްކާ ވާހަކަތަކެއް ނޫންކަމާއިމެދު ގިނަބައަކު ސުވާލު އުފައްދައެވެ.
ގުޅުންހުރި ޚަބަރު ވީނިޔުސްއިން: