އަނެކުންގެ ޢައިބު ހޯދަން އުޅުމުގެ ބަދަލުގައި ތިމާގެ ހުރި ޢައިބުތައް އިޞްލާޙުކުރުން ބުއްދިވެރިއެވެ.
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. "
(އަލްޙުޖްރާތު: 11)
ރަސޫލާ ﷺ ޙަދީޘް ކުރެއްވި: "މީހަކު އޭނާގެ އަމިއްލަ ބައްޕައަށް ބަދުބަސް ބުނުމަކީ ބޮޑުވެގެންވާ ފާފައެކެވެ.” ދެންނެވުނު: “އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ މައިންބަފައިންނަށް ބަދުބަސް ބުނާނެތޯއެވެ؟"
ޙަދީޘް ކުރެއްވި: "އާއެކެވެ. މީހަކު އެހެން މީހެއްގެ ބައްޕައަށް ބަދުބަސް ބުނަނީއެވެ. ޖަވާބުގައި އޭނާ އަނެކާގެ ބައްޕަ އަށް ބަދުބަސް ބުނެއެވެ. މީހަކު އެހެން މީހެއްގެ މަންމައަށް ބަދުބަސް ބުނަނީއެވެ. ޖަވާބުގައި އަނެކާގެ މަންމަ އަށް ބަދުބަސް ބުނެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މިބަސްފުޅުން އެނގިގެންދަނީ ތިމާޢަކީ ނުވަތަ ތިމާއާއިއެރކުގައިވާ މީހުންނަކީ އެންމެ މޮޅު މީހުންކަމަށް ދެކިގެން އެހެން މީހުންނަށް ނިކަމެތި ބަސްތައް ބުނުމާއި ތިމާގެ ކިބައިގައި ހުރި ކުށްތައް އިޞްލާޙްނުކޮށް، އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކޮށް އެހެން މީހުންނަށް އަމާޒުކޮށް ބަސްތައް ބުނުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ.
އެފަދަ ކަންކަން ކުރުމުން ތިމާއަށާއި ތިމާއާއި އެކުގައިވާ މީހުންނަށްވެސް ލިބޭނީ އަނިޔާތައްކަންވެސް އެނގިގެންދެއެވެ.