"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
"އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

މޯލްޑިވިއަން ނާސިން އެސޯސިއޭޝަން (އެމްއެންއޭ) އާއި އީބީޕީ ހެލްތު ޗެމްޕިއަންސް މޯލްޑިވްސް (އީބީޕީއެޗްސީ މޯލްޑިވްސް) ގުޅިގެން ބާއްވާ 2022 ވަނަ އަހަރުގެ "އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއާ ޕްރޮފެޝަނަލްސް" (އައިޖޭސީއެޗްޕީ 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި ކޮންފަރެންސް އޮންނާނީ  ޖުލައި 18 އިން 20 ގެ ނިޔަލަށް ބަންޑޮސް މޯލްޑިވްސް ގައެވެ. 

މި އަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ 'މޫވިންގ ފްރޮމް ސައިލޯސް ޓު ސިނަރޖީ އިން އެވިޑެންސް ބޭސްޑް ޕްރެކްޓިސް' އެވެ. މި ޝިޢާރުގެ ދަށުން ބައިވެރިންނަށް އެހެން ތަފާތު ސިއްޙީ ފަންނުތަކުގެ މުވައްޒަފުންނާއި އެކު މަޝްވަރާތައްކޮށް، ތަސައްވުރު ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. 

މި އަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސިއްޙީ ތަޖުރިބާކަރުންނާއި ޔުނިވާރސިޓީތަކާއި ދަރިވަރުންނާއި ރިސަރޗަރުންނާއި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދި ކޮންސަލްޓަންޓުން ހިމެނެއެވެ. އަދި މި ކޮންފަރެންސްގެ ޒަރިއްޔާއިން މި ފަރާތްތަކަށް ދިވެހި ރާއްޖޭގެ މިހާރުގެ އަދި މުސްތަޤްބަލުގެ ޞިއްޙީ ދާއިރާ އަދި ޚިދުމަތްތެރިންނާއި ގުޅުންހުރި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. 

ދިވެހި ރާއްޖޭގެ އަސާސީ ޚިދުމަތްދޭ ދާއިރާތައް ކުރިއެރުވުމަށް ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރާ މަސައްކަތްތަކަށް ދިރާގުން އަބަދުވެސް ދަނީ ޚާއްސަ އަހައްމިއްޔަތުކަމަކާއި އެއްބާރުލުންދެމުންނެވެ.

 

މިއަދު އޮންލައިން