މިއަދުގެ ޢަޞްރުނަމާދުން ފެށިގެން ތުނިކޮށް ވާރޭ ހެމުން އައިސް އިރުއޮއްސުނު ވަގުތު އައި އެންމެ ވިލާގަނޑަކުން ބޯކޮށް ވާރޭ ވެހެމާއިއެކު މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެއްޖެއެވެ. މާފަންނު / އަމީނީ މަގު ސަރަހައްދުގައި ކަކުލާއި ހަމައަށް ވަނީ ފެންހެދިފައެވެ.
ހަދާފައި ހުންނަ ކަމަށްބުނާ ޕަމްޕްސްޓޭޝަންތަކުން މަސައްކަތްކުރާވަރެއް ނުއެނގެއެވެ. އަދިވެސް މީހުން ތިބީ މަގުމައްޗަށް ނުނުކުމެވިފައެވެ. ޢިޝާ ނަމާދަށް ނުދެވުމުން ގިނަ މިސްކިތްތަކެއްގައި ޖަމާޢަތުގައި ނަމާދުކުރީ ވަރަށް މަދުބައެކެވެ.