ޔޯގާގެ ނަމުގައި ގަލޮޅު ދަނޑުގައި ހިންގި "ހިންދޫ ބުދިސްޓް ކަލާނގެއާ ގުޅުން" ޙަރަކާތުގެ ތެރެއިން ބަންދުކުރި 6 މީހަކު މިނިވަންކޮށްފިއެވެ. އަދިވެސް 2 ޝައިޚުން ބަންދުގައެވެ.
"އަނިޔާ ލިބެމުންދާމީހާގެ ބަދުދުޢާ އާއި ﷲ އާއި ދެމެދު ހުރަހެއްނުވާކަން ހަނދާންކޮށް، ތިމާމެންނަށް ހެދުނު ގޯހުގެ މަތިޖަހަން ހައްޔަރުކޮށްފައިތިބި ކުށެއްނެތް އެންމެން މިނިވަން ކުރައްވާ.
ޔޯގާގެ ނަމުގައި ބަޔަކު މީހުން މި ފަސްގަނޑުގައި ޝިރްކުގެ ޢަމަލުތައް ހިންގަމުންދިޔައިރު، ބަޔަކު ކޮށްފާނެ ފުރައްސާރައަކަށް އަދި ދީފާނެ އަނިޔާއަކަށް ބެލުމެއްނެތި އެކަން ހުއްޓުވަން ޢިލްމުވެރިން މަސައްކަތް ކުރެއްވީ އެހެންވެގެން.
ޝައިޚް ނިޝާން އަކީ އަބަދުވެސް ހަރުކަށިފިކުރާއި ދެކޮޅު އަދި އެފަދަ ކަންތަކުން ރަޢްޔިތުން ސަލާމަތްކޮށް ހޭލުންތެރި ކުރުވުމަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅެއް. މާޝާﷲ. މާތްﷲ ޝައިޚަށް ޘާބިތުކަން ދެއްވާށި. އާމީން.
ޢިލްމްވެރިންގެ ބަސްފުޅުތައް މިމޭރުމުންހުރިއިރު 2 ޝައިޚުން ބަންދުކޮށްގެން ގެންގުޅޭ މައްސަލަ މިހާރުވަނީ ހައިކޯޓުގައި އިސްތިޢްނާފްވެސް ކޮށްފައެވެ.