ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރާނެ! ޗާބޫކަކުންވެސް ނުތަޅާނެ!: ޝައިޚް އާދަމް ނިޝާން ގެ ބަންދަށް އިތުރު ސޯޅަ ދުވަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ދީނީ ޢިލްމުވެރިއަކަށް އަނިޔާއެއް ނުކުރާނެ! ޗާބޫކަކުންވެސް ނުތަޅާނެ!: ޝައިޚް އާދަމް ނިޝާން ގެ ބަންދަށް އިތުރު ސޯޅަ ދުވަސް!

ސަރުކާރު ބައިވެރިވެގެން ރާއްޖޭގައި ހިންގި "ހިނދޫންނާ ބުދިސްޓުންގެ ކަލާގެ އާ ގުޅުމުގެ ޙަރަކާތާ" ގުޅިގެން ބަންދުކޮށްގެން ގެންގުޅޭ ޝައިޚް އާދަމް ނިޝާން ޢަލީ އިތުރު 16 ދުވަހު ބަންދުގައި ބަހައްޓަން އަނެއްކާވެސް ޙުކުމްކޮށްފިއެވެ. 

ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ އެއްވެސް މީހަކަށް ޚާއްޞަކޮށް ދީނީ ޢިލްމުވެރިއަކަށް އެއްވެސް އަނިޔާއެއް ނުކުރައްވާނެ ކަމަށެވެ. ވީމާ މިއީ މިނިވަންކުރުމުން މާބުރަކޮށް އުޅުއްވާނެތީ އަރާމުކޮށްދިނުމުގެ ގޮތުން އިތުރުކުރި 16 ދުވަސް ކަމަށް ބެލެވެއެވެ. 

ޚަބަރު ވީނިޔުސްއިން: 

ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ އައް ޝައިޚް އާދަމް ނިޝާންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ ޝައިޚް ނިޝާން އިތުރު 16 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

ޝައިޙް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކުރި އިރު ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ހަ މީހަކު އިއްޔެ ވަނީ ދޫކޮށްލައިފައެވެ. ފުލުހުންގެ ބުނީ، އެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ހަ މީހަކު އިއްޔެ ދޫކޮށްލީ ތަހުގީގުގައި ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށެވެ.

މި މައްސަލައިގައި ޖުމުލަ 21 މީހަކު ހައްޔަރުކުރިއެވެ.

ރާއްޖޭގައި އިސްލާމް ދީނުގެ ޢިލްމު އުންގަނައިދީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ދެ ޝެއިޚުންކަމަށްވާ ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

މި ދެ ބޭފުޅުން ބަންދުކުރަން އަމުރުކޮށްފައި ވަނީ، ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސް،މީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

މި ދެ ބޭފުޅުންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވެއެވެ.

ޔޯގާ ދުވަހުގެ ހަރަކާތާއި ދެކޮޅަށް އަޑުއުފުއްލެވި ނަމަވެސް އެ ދުވަހުގެ ހަމަނުޖެހުންތަކުގައި ޝެއިހް ފަޒްލޫން ބައިވެރިވެފައެއް ނުވެއެވެ. އެފަދަ ކަމެއް ކުރެއްވި ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަަށް ހުށައެޅިފައި ވެސް ނުވެއެވެ.

ކޯޓްގައި ފުލުހުން ދައްކަވަނީ އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަ އެވެ. އަދި ހަމަނުޖެހުންތަކުގެ އަޑީގައި ދެ އިލްމުވެރީން ތިއްބެވި ކަމުގެ ތުހުމަތެވެ. ނަމަވެސް އިހުތިޖާޖު ހަމަނުޖެހުމަކަށް ބަދަލުވެދާނެތީ އެކަން ހުއްޓުވަން އިލްމުވެރީން މަސައްކަތް ކުރައްވާތީ ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަނުޖެހުންތަކުގެ އެންމެ އިސް ބޭފުޅަކީ ޝައިހް ނިޝާނެވެ. އެ ތުހުމަތު އެގޮތަށް އޮތަސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ފުލުހުން ނުދައްކައެވެ.

މިއަދު އޮންލައިން