އިސްލާމްދީނުގެ އެކިއެކި ކަންކަމުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު، ދީލަތި ވިޔަފާރިވެރިޔާ، އެލްސިއޯން ބޭކަރީގެ ބާނީ ޙަސަންމަނިކު (ދުނބުރި ޙަސަންމަނިކު) އަވަހާރަވެއްޖެއެވެ.
ދުނބުރި ޙަސަން މަނިކު އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމާއި މިސްކިތް އެޅުއްވުމާއި މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމާއި އިސްލާމް ދީނުގެ ކަންކަމަށް ދީލަތިކަމާއިއެކު ޚިދުމަތްކުރެއްވި ބޭކަލެއްގެ ގޮތުގައެވެ.
މަޢްލޫމާތުލިބިފައިވާ ގޮތުގައި ޙަސަން މަނިކު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ކަށުނަމާދުކުރުން އޮތީ މާދަމާގެ ހުކުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
މާތް ﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން
އިސްލާމްދީނުގެ އެކިއެކި ކަންކަމުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޙަސަންމަނިކު (ދުނބުރި ޙަސަންމަނިކު) މިދުނިޔެ އާއި ވަކިވެވަޑައިގެންފި. إنا لله وإنا إليه راجعون. اللهم اغفر له وارحمه.
އިސްލާމްދީނުގެ އެކިއެކި ކަންކަމުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޙަސަންމަނިކު (ދުނބުރި ޙަސަންމަނިކު) މިދުނިޔެ އާއި ވަކިވެވަޑައިގެންފި. إنا لله وإنا إليه راجعون. اللهم اغفر له وارحمه.
— Dr.Mohamed Iyaz (@dr_iyaz) July 21, 2022