"އިންސާނީ ފިޠްރަތާއި ދެކޮޅު ޢަމަލު ހިންގާ މީހުންނަކީ ޖަނަވާރުންނަށްވުރެވެސް ދަށުދަރަޖައިގެ ބައެއް. ކިތަންމެ މަތީ ނަސަބަކުން އައިސްފައިވީނަމަވެސް އެފަދަ މީހުން ހައްޔަރުކޮށް ޙައްޤު އަދަބު ދެވެންޖެހޭނެ. އެކަންނުކުރުމަކީ ސަލާމަތުން ތިބި ރަޢްޔިތުންނަށް ދެވޭ އަނިޔާއެއް."
މިމޭރުމުން ވިދާޅުވެ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރެއްވި ޓްވީޓް ޓެގް ކުރައްވާފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ.
"ތާއީދު ހޯދަންވާނީ ޙައްޤުގޮތުގައި ހުރެގެން. ތާއީދު ހޯދުމުގެ ބޭނުމުގައި ޙައްޤުގޮތް ދޫކޮށްލައިގެން ނުވާނެ. ނޫންނަމަ ދެމީދާފަހާ ދުވި ބުޅަލަށްވީވަރުވެސް ނުވާނެ."
ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައި އެއްޖިންސުން ގުޅުންހިންގުން ޢާއްމުވީހިނދު ޤައުމު ބަންޑުން ޖައްސަވާ އަދި ހިލައިގެ ވާރޭ ވެއްސެވި. ކޮންމެ ހިލަކޮޅެއްގައި މީހެއްގެ ނަންލިޔެވިފައި އޮތް. މީ ޙާދިޘާ އިން ޢިބްރަތް ޙާޞިލުކޮށް މިނުބައި ވަބާ ފެތުރުނަނުދީ މިޖަރީމާ ހިންގާ އެންމެންނަށް ޙައްޤު އަދަބު ދެވެންޖެހޭ. ނޫންނަމަ މުޅި ޤައުމު އެއްކޮށް ހަލާކުވެ އަޚްލާޤީ އިޖްތިމާޢީ ފޭރާން ގެއްލިގެން ހިނގައިދާނެ. ފިޔަވަޅު އެޅުމުގައި ގާތްތިމާގެ މީހެއް ދުރުމީހެއް ތަފާތުކޮށްގެން ނުވާނެ. ރައީސް ޞާލިޙް! ޤައުމު ސަލާމަތް ކުރުމުގެ އެންމެ ބޮޑު ޒިއްމާ މިއަދު އޮތީ މަނިކްފާނުގެ ކޮނޑުފުޅުގައި،
ވަގުތު ފާއިތުވެ، ފަހުން ހިތާމަކުރައްވަން ޖެހިވަޑައިނުގަންނަވަނީސް އަވަހަށް ފިޔަވަޅު އަޅުއްވާ. ނޫންނަމަ ތިޔަ ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުން ލިބޭނެ މަންފާއެއްވެސް ނެތް. އެހާރުން ކުރައްވާ ހިތާމައަކުން ޙާލަތަށް ބަދަލެއްވެސް ނާންނާނެ.
ވަގުތު ފާއިތުވެ، ފަހުން ހިތާމަކުރައްވަން ޖެހިވަޑައިނުގަންނަވަނީސް އަވަހަށް ފިޔަވަޅު އަޅުއްވާ. ނޫންނަމަ ތިޔަ ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުން ލިބޭނެ މަންފާއެއްވެސް ނެތް. އެހާރުން ކުރައްވާ ހިތާމައަކުން ޙާލަތަށް ބަދަލެއްވެސް ނާންނާނެ.
މިއީވެސް ޑރ. އިޔާޟް ކުރައްވާފައިވާ ޓްވީޓްތަކެކެވެ.