ރާއްޖޭގައި އެއިޑްސްގެ އިތުރުން މަންކީ ޕޮކްސް ފެތުރެން ދިމާވާ ސަބަބަކަށް އެއްޖިންސުން ގުޅުން ހިންގުން ވެއްޖެނަމަ ސަރުކާރުން ބުނާނީ ކީކޭބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރާއްޖޭގައި އެއިޑްސްގެ އިތުރުން މަންކީ ޕޮކްސް ފެތުރެން ދިމާވާ ސަބަބަކަށް އެއްޖިންސުން ގުޅުން ހިންގުން ވެއްޖެނަމަ ސަރުކާރުން ބުނާނީ ކީކޭބާ؟

"މިއެންމެން ހިފާ ހައްޔަރުކުރއްވާ! މިރާއްޖެ ސަދޫމަށް ވިޔަ ނުދެއްވާ! މަތީ މަޤާމުތަކުގައި މީގެ މީހުން ތިބިނަމަ މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އަވަހަށް ވަކިކޮށްދެއްވާ! ފިރިހެނުންނަށް އެދުންވެރިކަން އަންނާނީ (ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގަން ބޭނުންވާނީ) އެންމެ "ސިކް" މީހުން. މިކަހަލަ މީހުން މުޖުތަމައުގައި (މުޖުތަމައުތެރެއަށް) ދޫވެގެންނުވާނެ!"

- ޝައިޚް ޢަލީ ޒައިދު 

"ﷲ ގެ ޙުކުމް ދޫކޮށް ފާޙިޝް ކަންކަން އާންމުވުމަށް ދޫކުރާނަމަ ﷲގެ ގަދަފަދަ ޢަޛާބެއް އަތުވެދާނެއެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަން ނަހީކުރުމުގެ މަތީގައި ތިބުމަށް އެންމެހާ މުސްލިމުންނަށް ވަޞިއްޔަތްކުރަން " މިފަދައިން ވިދާޅުވެ ޝައިޚް ޣާލިބް ބަޔާންކުރައްވާފައިވަނީ އައްނަމްލް ސޫރަތުގެ 55 ވަނަ އާޔަތެވެ. 

އެއާޔަތުގައިވަނީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ޝަހްވާނީ އެދުން ފުއްދުމަށްޓަކައި އަންހެނުން ފިޔަވައި ފިރިހެނުންނާ ގާތްވަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނަކީ، ތަންދޮރުނޭނގޭ ޖާހިލުބަޔަކީމުއެވެ." މިފަދައިންނެވެ. 

ރާއްޖޭގައި އެއިޑްސްގެ އިތުރުން މަންކީ ޕޮކްސް ފެތުރެން ދިމާވާ ސަބަބަކަށް އެއްޖިންސުން ގުޅުން ހިންގުން ވެއްޖެނަމަ ސަރުކާރުން ބުނާނީ ކީކޭބާ؟" މިއީ ގިނަބައެއްގެ ހިތުގައި މިއަދު އުފެދޭ އެންމެ ބޮޑު އެއްކަންބޮޑުވުމެވެ. 

އެގިރިއާއެކު އެއްޖިންސުން ގުޅުންހިނަގި އެންމެން އަދިވެސް އެތިބީ ހަމަ މިނިވަންކަމުގައެވެ. އެމީހުންގެ އަނބިންނާއި އަދި ހިލޭ އަންހެނުންނާއި އަދި ފިރިހެނުންނާއިއެކުގައިވެސް ގުޅުން ހިނަގަން މިނިވަންކަމާއިއެު ދޫކޮށްލެވިފައެވެ. އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވި އަނހެނާވެސް ހުރީ ހަމަ މިނިވަންކަމުގައެވެ. 

ދީނީ ގޮތުން ކަމުގައި އޮތް ޙުކުމުގެ އިތުރުން ޞިއްޙީ ގޮތުންވެސް އޮތް ބިރުވެރިކަން އިންތިހާއަށް މިވަނީ ބޮޑުވެފައެވެ. އެހެންކަމާއިއެކުވެސް އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމުން އެކަންކުރާ މީހުންނަށް ފިޔަވަޅު ނޭޅިގެން މިއުޅެނީ ކީއްވެގެން ކަމާއިމެދު ކަންބޮޑުނުވާ މީހަކު އެބަހުރިބާވައެވެ! 

މިކަންކަން މިހެން ހިނގަމުން މިދަނީ ތަންފީޒީ އިދާރާތަކުގައި ވެރިންގެ ގޮތުގައި އެމްޑީއެން ފިކުރުގެ މީހުން ތިބުމުން ކަމާއިމެދު ވެސް ގިނަ ބައަކު ސުވާލު އުފައްދައެވެ. ކޮންމެއަކަސް ޤައުމު މިއަދު މިވަނީ ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ފުރަތަމަ ކަމަކަށް ﷲ ގެ ކޯފާއެވެ. ފެތުރިގެން ހިނގައިދާނެ ބޮޑު ބަލިމަޑުކަމެކެވެ.

މިއަދު އޮންލައިން