އަލަމްގިރިއަށް އެރި މީހުންގެ ތެރޭގައި ޢިއްޒަތްތެރިން ހިމެނޭތީ ޖަލުގައި ބަންދުކުރަން ހުރަހެއް އޮތް ނަމަ ކޮވިޑުގެ ދުވަސްވަރުފަދައިން ވީއައިޕީ ޚިދުމަތް ދޭގޮތަށް ރިޒޯޓަކަށް ނަމަވެސް ގެންގޮސް މުޖުތަމައުއާއި އެކަހެރިކޮށްފިނަމަ ނުރައްކާ ބަލިތައް ފެތުރުން މަދުކުރެވިދާނެ ކަމަށް ގިނަ ބައަކު ބުނެއެވެ.
ގިރިއަށް އެރިމީހުންނަށް ޙައްޤު އަދަބުދީ ރާއްޖެއަކީ ސަދޫމަށް ވިޔަ ނުދިނުމަށް ހުރިހާ ޢިލްމުވެރިންހެން ގެންދަވަނީ ގޮވާލައްވަމުންނެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް އިވޭ އެއްވެސް ފަރާތެއް ހުރިތަނެއް އަދި ނުފެނެއެވެ. ހޯމް މިނިސްޓަރުވެސް ދައްކަވަނީ ފައްކުކުރުމުގެ ވާހަކަ އާއި ދުރުރާސްތާ ޕްލޭންތަކުގެ ވާހަކައެވެ. ކުރިމަތިވެފައިވާ މައްސަލަތަކަށް ފިޔަވަޅު އަޅުއްވާތަނެއް ނުފެނެއެވެ.
ނޮވެމްބަރު މަހު 90 ދުވަސްތެރޭގައި ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް ހޯމްމިނިސްޓަރު ވިދާޅުވި ހެޔޮ ބަދަލަކީ ސަރުކާރު ބައިވެރިވެގެން ޝިރުކުރުން ފެތުރުން ހުއްޓުވުމަށް ނުކުތުމުން އެބައަކު ބަންދުކުރުމާއި ބޮޑެތި މުންކަރާތްތައް ހިންގުމުން ފިޔަވަޅު ނޭޅުން ކަމުގައިވާނަމަ ދެން ބުނެވޭނެ ބަހެއް އޮތްކަމަކަށް ނުފެނެއެވެ.