(މަންކީޕޮކްސްއަށް އޮތް) ވެކްސިނަކީ ފާޙިޝް އަމަލުތަކާއި އެކަމަށް މަގުފަހިކޮށްދޭ ހުރިހާ ދޮރުތަކެއް ބަންދުކުރުމާއިއެކު މުޑުދާރު ފާޙިޝް ޢަމަލު ހިންގާމީހުންނަށް ޙައްޤު އަދަބު ދިނުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ރައީސް ޞާލިޙަށް ކުރައްވާފައިވާ ޓްޢީޓެއްގައިވެއެވެ.
"އަދިވެސް ހޭއަރާ ވިސްނޭކަށް ނުވޭތޯ؟ ﷲ ނަހީ ކުރެއްވި ފާޙިޝްކަންބޮޑު މުޑުދާރު ޢަމަލުތަކަށް އަރައިގަންނަނަމަ ދެދުނިޔޭގައި އެކަމުގެ ޢުޤޫބާތް ލިބުމަކީ ގާތްކަމެއް. މިކަން ނުހުއްޓުވައިފިނަމަ ކޯފާ އަންނާނީ އެންމެން ޝާމިލުވާގޮތަށް"
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ އެބައްޔަށް ވެކްސިނެއް ހޯދަން ދުނިޔެ ތެޅިފޮޅެމުންދާ ވަގުތެއްގައެވެ. އެއްޖިންސުން ގުޅުން ހިންގުމުން ޖެހޭ މިބައްޔާއިމެދު ދުނިޔޭގެ ޞިއްޙީ މާހިރުންގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ. ވެކްސިން އުފައްދާ ކުންފުނިތަކުގެ ސަމާލުކަން އަމާޒުކޮށްފައިވަނީ ވެކްސިނެއް ހޯދުމަށެވެ.
މިހައިތަނަށް ފެންނަންހުރި އަދަދުތަކަށްބަލާއިރު މަންކީ ޕޮކްސް ޖެހުނު މީހުންގެ 98 އިންސައްތައަކީ އެއްޖިންސުން ގުޅުންހިންގާ މީހުން ނަމަވެސް އެއްޖިންސުން ގުޅުން ހިންގުމުން މިފަދަ ބޮޑެތި ބަލިތައް ފެތުރޭއިރުވެސް އެކަން ހުއްދަކޮށް، އެއްޖިންސުން ކައިވެނިކުރުން ހުއްދަކުރާ ޤައުމުތަކުން އެކަންކަމަށް ކަންބޮޑުވެގެން އުޅޭތަނެއް އަދިވެސް ނުފެނެއެވެ.
މިއީ ވަރަށް ވޭންއަޅާބައްޔެކެވެ. އަދި ހަމުގައި ނުބީހުނަސް ބެޑްޝީޓުން ފަދަ ގޮތްގޮތުންވެސް މިބަލީގެ ޖަރާސީމު އަރާކަން މިހާރުވަނީ ހޯދިފައެވެ.