ދިރާގު ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދިރާގު ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް!

ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ހުޅުވާލާއިފިއެވެ! 

ދިރާގުން ބުނެފައިވަނީ މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫ ދާބީ، ޑުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. މިދަތުރުގައި ހިލޭ ދެކޮޅު ޓިކެޓު އަދި އެކޮމޮޑޭޝަންގެ އިތުރުން ޑުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއާއެއްވެސް މި ޕެކޭޖްގައި ހިމެނެއެވެ. އަދި މީގެ އިތުރުން 1000 ޑޮލަރުގެ ޝޮޕިން އެލަވަންސެއްވެސް ނަސީބުވެރި ފަރާތަކަށް ލިބިގެން ދާނެއެވެ. 

ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 ސެޕްޓެމްބަރ 2022 ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަން މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ ފަރާތްތަކުން ޑިޕޮސިޓްއެއް ބަހައްޓާކަށް ނުޖެހޭނެއެވެ . މީގެ އިތުރުން، އަލަށް ޕޯސްޓްޕެއިޑް ޕެލޭނެއް ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އިތުރު ހިލޭ ޑޭޓާ އެލަވަންސްތަކާއެކު މަހު ކުލިން 20 ޕަސެންޓްއާއި ހަމައަށް ޑިސްކައުންޓުވެސް ލިބިގެންދާނެއެވެ. 

މިއީ ދިރާގުން ދޭ ތަފާތު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ގެ ތަފާތު ޕެކޭޖުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭނުންވާ އަގެއްގައި ތަފާތު ވޮއިސް އަދި ޑޭޓާ އެލަވަންސްތައް ޚިޔާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދިރާގު ގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި ބެހޭ އިތުރު މަޢުލޫމާތު މި ލިންކުތަކުން ލިބޭނެ: https://bit.ly/3oi8MuU  އަދި  https://bit.ly/3RPf5U8 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ގެނެސްދިނުމަށެވެ. 

  

 

 

މިއަދު އޮންލައިން