ދިވެހި ޕޮލިސް އިންޓެލިޖެންސް މިހާ ބަލިކަށިނަމަ އެއީ ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ނޫންތޯ؟
ގެސްޓް ހައުސެއްގައި ހާލިހަނދައިގެން އިނދެ އެތައް ދުވަހަކުން އެތައްސަތޭކަ ބައަކާއި މީހަކު ލިވާޠުކުރިއިރު، އެކޮޓަރިއަށް ވަނުމަށް ކިޔޫގައި މީހުން ފާރަލައިގެން ތިބޭތާ އެތައް މަހެއް ފާއިތުވީއިރު، އެތައް ސަތޭކަ ބައަކު އެކޮޓަރިއަށް ވަދެނުކުމެވާތާ އެތައް މަސްދުވަހެއް ފާއިތުވެގެން ދިއައިރު ރާއްޖޭގެ އިންޓެލިޖެންސް ޕޮލިހަށް އެކަމުގެ މައުލޫމާތު ނުލިބޭނަމަ އެއީ ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އަޅުގަނޑު ދެކެމެވެ.
ކަންކަން މިހާލަތަށް ދާއިރުވެސް މިއިން ކަމެއް ބަލައިލާނެ ފަރާތެއް ނެތެވެ. މިހާރު ކޮންމެ ކަމެއް ބަލަން ލާ އޮންބެޑް ޕަރސަންގެ ހައަކަ އޮންބެޑް ޕަރސަނުން ލައިގެންވެސް މިކަންކަން ބަލައި ދިވެހި މުޖުތަމައު ސަލާމަތްކުރަން ދިވެހި ދަރިން ނުކުންނާނީ ﷲ ގެ ކޯފާ އޮއްސަވައިލެއްވެވުމުން ކަމަށްވާނަމަ އެއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ.
ބޭބެމެން މުސްކުޅިވި ދުވަހު މިފެންނަ ކަންކަމުން ވަރަށް ބޮޑަށް އެބަ ލޭކެކެއެވެ. ނަމަވެސް ޒުވާބެއްކޮށްލަން ތަނަކަށް ގޮސްލާނެ ވަރެއްވެސް މިއަދަކު ގައަކުނެތެވެ. އެކަމަކު މިހާރުވެސް ހަށީގައި ހިނގަނީ ހަމަ ބޮޑުތަކުރުފާނެ ޤައުމީ ލެއެވެ.
- ޢަބްދުއްލަޠީފް ޢުމަރު