މޯލްޑިވްސް ޕްރޯ އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
މޯލްޑިވްސް ޕްރޯ އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގުޅިގެން ބާއްވާ "މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއެކޮށްފިއެވެ. 

މި މުބާރާތް ދިވެހި ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ 11 ޤައުމެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕްރޯ 2022" އަކީ އައިބީސީ ވޯލްޑް ޓުއާއިން އޭޝިއާގައި މިހާތަނަށް ބާއްވާ ފުރަތަމަ އިވެންޓެވެ. އައިބީސީ ވޯލްޑް ޓުއާއަކީ ދުނިޔޭގެ ބޮޑީބޯރޑިންގ ޗެމްޕިއަންކަން ހޯދުމަށް އެ ކުޅިވަރެއްގެ އެންމެ މޮޅެތި އެތުލީޓުންނަށް އެ ގައުމެއްގެ ޑިވިޝަންތަކުގައި ޕޮއިންޓް އެއްކުރެވޭނެ ގޮތަށް އެކި ގައުމުތަކުގައި ބާއްވާ ޓުއާ އިވެންޓެކެވެ. މިއަހަރުގެ އައިބީސީ ވޯލްޑް ޓުއަރ ގައި 6 ޑިވިޝަނެއްގެ ޗެމްޕިއަނުންނުން ހޮވާނެއެވެ. 

"މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވޯލްޑް ޓުއަރގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، މި ތާރީޚީ ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޮޑީބޯޑިން ދަނީ ރާއްޖޭގައި ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން. މި އިވެންޓް އާންމުންނާއި ހަމައަށް ގެނެސްދިނުމުގައި އެމްބީބީއޭ އާއި އައިބީސީ އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވިއެވެ. 

"ރާއްޖޭގައި ބޮޑީބޯރޑިންގ ކުރިއެރުވުމަށް ދިރާގުން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރަން. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަޤުވާމީ ބޮޑީބޯޑަރުންގެ ފަރާތުން އައު ތަޖުރިބާތަކާއި ހުނަރުތަކެއް ދަސްވެގެން ދާނެކަން ޔަޤީން. އަދި މި މުބާރާތުގެ ސަބަބުން މި ކުޅިވަރު ރާއްޖޭގައި އިތުރަށް ފުޅާވެ ބޮޑީބޯރޑިންގެ އައު މަންޒިލެއްގެ ގޮތުގައި ރާއްޖެ އެނގިގެންދާނެ." އެމްބީބީއޭގެ ރައީސް އަބްދުالله އަރީފް ވިދާޅުވިއެވެ. 

މުބާރާތުގެ ރާއްޖޭގައި އޮންނަ ބައި ކުރިއަށްދާނީ 29 ޖުލައި އިން 7 އޯގަސްޓް 2022  ގެ ނިޔަލަށް "ވަރުނުލާ ރާޅުގަނޑު" ސަރަހައްދުގައެވެ. 

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.

 

މިއަދު އޮންލައިން