ކޮންމެ ދުވަހަކު 2 މިނިޓުން ހުރިހާ ފާފަތަކެއް ފުހެލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ކޮންމެ ދުވަހަކު 2 މިނިޓުން ހުރިހާ ފާފަތަކެއް ފުހެލަމާ!

ރަސޫލާ ﷺ ޙަދީޘް ކުރެއްވެވި: "މީހެއްގެ ފާފަތައް ކަނޑުގެ ފޮނުގަނޑާއި އެއްވަރަށްހުރިނަމަވެސް سبحان الله وبحمده (ސުބްޙާނަﷲ ވަބިޙަމްދިހީ) މިފަދައިން ދުވާލަކު ސަތޭކަ ފަހަރު ކިޔައިފި މީހެއްގެ ފާފަތައް ﷲ ފުއްސަވާދެއްވާނެއެވެ."

- ޑރ. އިޔާޟް 

މިއީ ހެނދުނާއި ހަވީރު 100 ފަހަރު ކިޔުން ވާރިދުވެގެންވާ ޛިކުރުތަކުގެ ތެރޭގައިވެސް ހިމެނޭ ޛިކުރެކެވެ. ކިޔެވުމުން އެހައި ބޮޑު ނިޢްމަތެއް ލިބެން އޮތްއިރު،ޢާންމުކޮށް ކިޔާ މީހަކަށް 100 ފަހަރު ކިޔާލަން ހޭދަވާނީ އެންމެ 2 މިނިޓްއިރެވެ. އެވަރު ނުކުރެވޭނަމަ ތިމާ އަކީ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭ އަޅަކުކަމުގައި ދަންނަވާނީވވެސް ކިހިނަކުންހެއްޔެވެ؟ 

އަޅުގަނޑުމެންނަކީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާ ބައަކަށްވަމާތޯއެވެ! އަދި ދަރިން އެކަމަށް އާދަކުރުވަމާތޯއެވެ!

މިއަދު އޮންލައިން