"ޔޯގާއަކީ ޝިރުކެއްކަން ދަންނަބޭކަލުންގެ އިޖުމާޢުއެއް ނެތް. ވަކިބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި."
ރައީސް ނަޝީދު
އެމްޑީއެންގެ ރިޕޯޓަށް ތާއީދުކުރެއްވުމުގެ އިތުރުން އިސްލާމް ދީން ޙިމާޔަތްކުރުމުގެ ގިނަ ކަންތައްތަކަށް ފާޑުވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު މިމޭރުމުން ވިދާޅުވުމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވައިފައެވެ.
"ކޮންމެ ކަމެއްގައި އިޖްމާޢު އޮންނާކަށްނުޖެހޭ. ޔޯގާ ޙަރާމްކަމަށް ބުނެވެނީ ވަކިބޭފުޅެއްގެ ފަލްސަފާއަކަށް، ހަވާނަފްސަށް ބުރަވެގެންނެއް ނޫން.ދަލީލުތަކާއި އެކަމުގެ އަޞްލު އައިސްފައިވާ ގޮތްތަކަށް ރިޢާޔަތްކޮށްގެން. އިސްލާމްދީނުގެ ކަންތައްތަކުގެ ވާހަކަ ދެއްކޭނީ އެކަމުގެ އަހްލުވެރިންނަށް."
- ޑރ. އިޔާޟް
ބަންގިގޮވުމުން އެންމެ ރަނގަޅު ގޮތަކީ އެކަމެއްކުރުން އެވަގުތަކު ހުއްޓާލައިފިނަމަ ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ނޫންކަން ކުރުން ހުއްޓާލައި ޖަމާޢަތުގެ ނަމާދަށް ދިއުން ކަމަށް ހުރިހާ ދީނީ ޢިލްމުވެރިންވެސް އިޖުމާޢުވެވަޑައިގަންނަވައެވެ. ނަމަވެސް ރައީސް ނަޝީދުވަނީ އެކަމަށް ފައުޅުގައި ދެކޮޅު ހައްދަވާފައިކަންވެސް ފާހަގަކުރެވެއެވެ.
ކޮންމެ ކަމެއްގައި އިޖްމާޢު އޮންނާކަށްނުޖެހޭ. ޔޯގާ ޙަރާމްކަމަށް ބުނެވެނީ ވަކިބޭފުޅެއްގެ ފަލްސަފާއަކަށް، ހަވާނަފްސަށް ބުރަވެގެންނެއް ނޫން.ދަލީލުތަކާއި އެކަމުގެ އަޞްލު އައިސްފައިވާ ގޮތްތަކަށް ރިޢާޔަތްކޮށްގެން. އިސްލާމްދީނުގެ ކަންތައްތަކުގެ ވާހަކަ ދެއްކޭނީ އެކަމުގެ އަހްލުވެރިންނަށް. https://t.co/o5AMUTBmX9
— Dr.Mohamed Iyaz (@dr_iyaz) July 26, 2022