"ދީނީ އިލްމެއްނެތް އަދި ފަތުވާ ދިނުމުހެ ހުއްދައެއްނެތް މީހަކު ދީނީ ފަތުވާ ދިނުމަކީ ފިޔަވަޅު އަޅަށްޖެހޭނެކަމެއް. މި މައްސަލަ އިސްލާމިކް މިނިސްޓްރީން އިން ބަލަންޖެހޭނެ. ދީނުގައި ހުއްދަ ކަންކަން ޙަރާމް ކުރުމާއި ޙަރާމް ކަންކަން ހުއްދަކުރުމަކީ މީނާ އަބަދުވެސް ކުރާކަމެއް.
- މިކަން ކުއްވެރިކުރަން."
- ޝައިޚް ޢަބްދުﷲ ސައުދާން
ސުވާލަކީ ރޭގަނޑު ދަންވަރު މިނިސްޓްރީ ހުޅުވައިގެން 2 ޝައިޚުންގެ ހުއްދަ ބާޠިލުކުރި އިސްލާމިކް މިނިސްޓަރު މިކަމުގަ ފިޔަވަޅު އަޅަން ކިތައް އަހަރު ނަގާނެތޯ؟ ދުވަހަކުވެސް ފިޔަޅެއް އަޅަން ކެރޭނެތޯ؟
ސުވާލަކީ ހުރިހާ ކަމަކުން ފޭލްވެފައިވާ އިސްލާމިކް މިނިސްޓްރީގެ ހިންގުމަށް ޢަދާލަތު ޕާޓީން ބަދަލެއް ނުގެނެސްގެން މިއުޅެނީ ކީއްވެގެންތޯ؟ އެކަމުގެ ބާރު އަދާލަތު ޕާޓީއަށް ނެތީތޯ؟ އުސްތާޛް ޢަލީ ޒާހިރު ފަދަ ޤާބިލު ބޭފުޅަކު އިސްލާމިކް މިނިސްޓްރީ ހިންގަން ލާން އަދިވެސް ނުވަނީތޯ؟ ހަމައެކަނި މުޢާލާތް ކެނޑޭފަހުން ކޮންމެ ކަމެއްގައި ނެރޭ ބަޔާނަކުން ޤައުމުގައި ހުރި މިފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރެވިދާނެތޯ؟