މިސަރުކާރުން ރާއްޖޭގަ އިސްލާމް ދީން ޙިމާޔަތްކުރާނެނަމަ ދަރިވަރުންނަށް ޤުރްއާންކިޔަވައިދިނުން ހުއްޓާލަން އުޅޭނެތަ؟ ބެލެނިވެރިންނަށް މުޒާހަރާކޮށް ޕެޓިޝަން ނެރެން ޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 24ސ
މިސަރުކާރުން ރާއްޖޭގަ އިސްލާމް ދީން ޙިމާޔަތްކުރާނެނަމަ ދަރިވަރުންނަށް ޤުރްއާންކިޔަވައިދިނުން ހުއްޓާލަން އުޅޭނެތަ؟ ބެލެނިވެރިންނަށް މުޒާހަރާކޮށް ޕެޓިޝަން ނެރެން ޖެހޭނެތަ؟

މިސަރުކާރުން ރާއްޖޭގަ އިސްލާމް ދީން ޙިމާޔަތްކުރާނެނަމަ ދަރިވަރުންނަށް ޤުރްއާންކިޔަވައިދިނުން ހުއްޓާލަން އުޅޭނެތަ؟

ބެލެނިވެރިންނަށް މުޒާހަރާކޮށް ޕެޓިޝަން ނެރެން ޖެހޭނެތަ؟

މިފަދަ ބައިވަރު ސުވާލުތައް އެބަހުއްޓެވެ! މިއީ 2020 އަހަރުގެ ފެބްރުއައރީ މަހުގެ 1 ވަނަ ދުވަހާއި ދުވަހުގެ ޚަބަރުތަކެވެ. ވިދާޅުވާށެވެ! ކުރިން މިކުރި 2 ސުވާލުގެ ޖަވާބު ލިވިޑައިގަންނަވާނެއެވެ! 

 

ހުރިހާ މަރުޙަލާއެއްގަ ޤުރްއާން ކިޔަވައިދޭން ޖެހޭ!- އެއީ އިޚްތިޔާރީ މާއްދާއަކަށް ހެދިގެން ނުވާނެ!: ޑރ. އިޔާޟް  

ޢަބްދުއްލަޠީފް 

"ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރްއެވެ. ވީމާ ތައުލީމީ ހުރިހާ މަރުހަލާއެއްގައި ޤްރްއާން ކިޔެވުން އަދި ކިޔަވައިދިނުން އޮންނަން ޖެހެއެވެ! އެއީ ބޭނުންވެއްޖެ ނަމަ ދޫކޮށްލެވޭ މާއްދާއެއްގެ ގޮތުގައި ހެދިގެން ނުވާނެއެވެ." 

މިއީ ތަޢްލީމީ ވަޒީރު ޑރ. ޢއިޝަތު ޢަލީއަށް ޓެގް ކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރައްވާފައިވާ ޓްވީޓެވެ. 

ޑރ. އިޔާޟް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު އެޑިޔުކޭޝަން މިނިސްޓްރީން ސިއްރު އެޖެންޑާއެއްގެ ދަށުން ޤުރްއާން މާދާ އާއިމެދު އަމަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނެއްގައި ވެސް މިހާރު ދަނީ ސޮއިކުރަމުންނެވެ. 

ޕެޓިޝަން:

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް،
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ސައްތައިން ސައްތަ މި ދިވެހިރާއްޖޭގައި މާތްﷲގެ ފޮތް ކީރިތި ޤުރްއާނާއި އޭގެ ޢިލްމަށް ދޭ އަހައްމިއްޔަތާއި އެފޮތަށް ޖެހިފައިވާ ލޯބި ދިވެހި މުސްލިމު ރައްޔިތުންގެ ހިތްތަކުން ފޮހެލައި ނައްތައިލުމަކީ ވެވޭނޭ ކަމެއްނޫނެވެ. އިސްލާމްދީނުގެ މައިގަނޑު އަސާސަކީ އެފޮތެވެ. ކޮންމެ މުސްލިމެއްގެ ހިތުގެ ކާނާއަކީ ކީރިތި ޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުމާއި އޭގެ ޢިލްމުން މިންވަރެއް ދެނެގަތުމާއި އެފޮތުން މިންވަރެއް ހިތުން ދަސް ކުރުމާއި އެއާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމެވެ. މުޅި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހިންގޭ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ޤުރްއާން ކްލާސްތަކާއި ކޯސްތަކާއި އަދި މުބާރާތްތަކަށް ބަލާލުމުންވެސް މިކަން ހާމަވެގެން ދެއެވެ.

ކަންމިހެން އޮތްނަމަވެސް، އަޅުގަނޑުމެންގެ ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަރުޙަލާ ތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އިހްމާލެއްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ ފެންވަރު ހިފެހެއްޓުމަށް ގައުމީ ފެންވަރުގައި އެސް.އެސް.އީ އިމްތިޙާނު ދިނުމަށް ކަނޑައަޅާފައިވަނިކޮށް، ކީރިތި ޤުރްއާން މިމާއްދާ އިމްތިޙާނު ނުކުރާ މާއްދާއެއްކަމަށް ހައްދަވައި، އޭގެ ބަދަލުގައި ކިޔަވައިދޭ މުދައްރިސުންގެ ފަރާތުން ކްލާސް ތެރޭގައި ކުރެވޭ ސުވާލުތަކެއްކޮށް މިބޮޑު މަސްއޫލިއްޔަތުން އެއްކިބާވާން އުޅޭކަމީ ދިވެހި ރައްޔިތުން ފަހަރެއްގައިވެސް ރުހޭނެކަމެއް ނޫނެވެ. ހިތާމަޔަކީ މިކަމަށް މަގުކޮށުމަށްޓަކައި:-

- ޤުރުއާން މާއްދާގެ ފަހުގެ މުޤައްރަރަށް ޓީޗަރުން އަހުލުވެރިކޮށް ތައްޔާރު ކުރުމެއް ނެތުމާއި،

- އަދި ސްކޫލުތަކުގައި ކިޔަވައިދިނުމާއި އެސް.އެސް.އީ އިމްތިޙާނު ދޭން ނިންމާފައިވާ ގޮތާ ގުޅުން ކުޑަވުމާއި،

- އަދި ސްކޫލުތަކުންވެސް އެއްވެސް ކަހަލަ ނަމޫނާ މަސައްކަތްތަކެއް ކުރުވުމެއް ނެތި، ބެލެނިވެރިންނަށް އޮޅުވައިލުމެއްގެ ތެރެއިން މި މާއްދާ މިގޮތަށް އޮތުމަކީ ބޮޑު ބުރަޔަކާ ނުއުފުލޭވަރުގެ ބޮޑު ތަކުލީފެއްކަމުގައި ދައްކުވައިދެމުންދާކަމެވެ. އަދި އެކަމާ ވިއްދައިގެން އިމްތިޙާން އުވާލުމަށް ޕެޓިޝަނެއް ހަދައި އޭގެ ޒަރީޢާއިން ކީރިތި ޤުރުއާނަށް ދޭންޖެހޭ އަހައްމިއްޔަތު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފަނޑުކޮށްލުމާއި ދަރިވަރުން މިމާއްދާ ކިޔެވުމާ ދުރުކުރުވައި މަޖުބޫރުނޫން މާއްދާއެއްގޮތަށް ހެދުމަށް ދަނީ މަގުފަހިކުރަމުންނެވެ.

އެހެންކަމުން، މަނިކުފާނުގެ އަރިހުން އަޅުގަނޑުމެން އެދެނީ، 2020ގެ އެސް.އެސް.އީ އިމްތިޙާނުގައި ޤުރްއާނަކީ އިޚްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް ހިނގަމުންދާ މަސައްކަތްތައް ހުއްޓުވައި ދެއްވައި، އޭގެ ބަދަލުގައި ޤުރްއާނަކީ ކަނޑައެޅިގެން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދަމަހައްޓަވައި ދެއްވައި، ތަޢުލީމީ ދާއިރާގެ މަސްއޫލުވެރި ފަރާތްތަކުގެ އިހުމާލުން މިދިމާވި ކަންކަން ހައްލު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކުގައި ފުޅާދާއިރާއެއްގައި - ދިވެހި ރައްޔިތުންނަށް ޤަބޫލުކުރެވޭނެ ބީދަޔަކުން - މަސައްކަތްތަކެއް ކުރައްވައިގެން 2020ގެ އެސް.އެސް.އީ އިމްތިހާނުގައި ޤުރްއާން މާއްދާއަށް އެމާއްދާގެ ވަރަށް ގިނަ ތަޖުރިބާކާރުންގެ ވިސްނުން ފުޅުގައިވާފަދައިން، ތަޖުވީދާއި ޤުރްއާނުގެ ޢިލްމުގެބައި ސުވާލުކަރުދާސް ދީގެން، ހިތުންދަސްކުރުމުގެ ބައިންނާއި ބަލައިގެން ކިޔެވުމުގެ ބައި އަނގަބަހުންވެސް ގައުމީ ފެންވަރުގައިދެވޭ އެސް.އެސް.އީ އިމްތިހާނު ދީ، ޤުރްއާން މާއްދާގެ މަޖުބޫރުކަން ނަގާލަން ފުރުޞަތު ނުދެއްވުމެވެ. އަދި މި ޙާލަތަށް ރިޢާޔަތްކުރައްވުމާއެކު ދަރިވަރުންނަށް މިފަހަރުގެ އިމްތިޙާނު ހެދުމުގައި ލުއިކަމެއް ދެވޭ ގޮތަށް އިމްތިޙާނު ބައްޓަންކޮށްދެއްވުމެވެ. ދިވެހިރައްޔިތުންނަކީ ޒަމާނުއްސުރެ ޤުރްއާނާ މެދު ޚާއްޞަ ޤަދަރެއްދީ ، އެފޮތަށް ނުހަނު އިޙްތިރާމްކުރާ ބަޔެއްކަން ހަނދުމަނެތި ނުކުރައްވާށެވެ.

މިހެން މިދެންނެވީ، ޤުރްއާން މާއްދާގެ މަޖުބޫރުކަން މިފަހަރުގެ އިމްތިޙާނުގައި އިޚްތިޔާރީއަށް ބަދަލުކޮށްފިނަމަ، ކުރިއަށްއޮތް މުސްތަޤުބަލުގައި އެމާއްދާ އަނބުރާ މަޖުބޫރު މާއްދާއަކަށް ބަދަލު ކުރުމަކީ ނުހަނު ބުރަ އުނދަގޫ ޤުރުބާނީއެއް ވެގެން މެނުވީ ދެންކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީންކުރެވޭތީއެވެ. އަދި އެއީ މަދު ބައެއް ފަރާތްތަކުން ދުރާލާ ރާވައިގެން އެކަން ކުރަން މަސައްކަތް ކުރާތާ އެތައް ޒަމާނެއްވެފައިވާ ކަމެއްކަން ވެސް އަޅުގަނޑުމެން ދަންނާތީއެވެ.

ވީމާ، މި އިސްލާމީ ދިވެހި ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެންގެ މި އިލްތިމާސަށް މަނިކުފާނު ފުރިހަމަ އެއްބާރުލެއްވުންމާއި އިޖާބަ ދެއްވާނޭކަމުގެ އުއްމީދުގައި މިޕެޓިޝަން ހުށައަޅަމެވެ.

އިޚްތިރާމު ޤަބޫލުކުރެއްވުން އެދެމެވެ.

30
ޖަނަވަރީ 2020.

 

ޤުރްއާން އިޚްތިޔާރީ މާއްދާއަކަށް ހަދަން އުޅޭތީ ކަންބޮޑުވުން އިތުރުވަނީ! 

ޢަބްދުއްލަޠީފް 

"ކީރިތި ޤުރްއާނަކީ އިންސާނިއްޔަތަށް ރަޙްމަތެއް ކަމުގައި ﷲ ބާވައިލެއްވެވި އެކަލާނގެ ފޮތެވެ. ތަޢުލީމީ އެންމެހައި މަރުޙަލާތަކުގައި ޤުރްއާން ވަކިމާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަކީ މުހިންމު ކަމެކެވެ. މިކަމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލެވިގެންވާނެ ކަމެއް ނޫނެވެ." 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ދިވެހިން އިސްލާމް ދިނާއި ދުރަށް ގެންދިއުމަށް ދުރާލައި ރާވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކީރިތި ޤުރްއާން އުނގެނުމަކީ އިޚްތިޔާރީ ކަމެއް ކަމުގައި ހަދަން މަސައްކަތްކުރާ ކަމަށް ޤަބޫލުކޮށް ގިނަ ބައަކު މިހާރު އަންނަނީ އެކަމާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.

މިކަމާއިބެހޭ ސިއްރު ބައްދަލުވުންތަކެއް ރޭ ވެސް ބޭއްވި ކަމުގެ މައުލޫމާތު ބައެއް ފަރާތްތަކުން ގެންދަނީ ހާމަކުރަމުންނެވެ. 

މިކަމާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ވެސް އިއްޔެ ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. 

"ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރްއެވެ. ވީމާ ތައުލީމީ ހުރިހާ މަރުހަލާއެއްގައި ޤްރްއާން ކިޔެވުން އަދި ކިޔަވައިދިނުން އޮންނަން ޖެހެއެވެ! އެއީ ބޭނުންވެއްޖެ ނަމަ ދޫކޮށްލެވޭ މާއްދާއެއްގެ ގޮތުގައި ހެދިގެން ނުވާނެއެވެ." –ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

 

ޤުރްއާން ކިޔެވުން އިޚްތިޔާރީ ކަމަކަށް ހެދުމާ ދެކޮޅަށް ޕެޓިޝަނެއްގަ ސޮއިކުރަނީ!

ޢަބްދުއްލަޠީފް 

އެޑިޔުކޭޝަން މިނިސްޓްރީން ސިއްރު އެޖެންޑާއެއްގެ ދަށުން ޤުރްއާން މާދާ އާއިމެދު އަމަލުކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނެއްގައި މިހާރު ދަނީ ސޮއިކުރަމުންނެވެ. 

ޕެޓިޝަން:

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް،
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ސައްތައިން ސައްތަ މި ދިވެހިރާއްޖޭގައި މާތްﷲގެ ފޮތް ކީރިތި ޤުރްއާނާއި އޭގެ ޢިލްމަށް ދޭ އަހައްމިއްޔަތާއި އެފޮތަށް ޖެހިފައިވާ ލޯބި ދިވެހި މުސްލިމު ރައްޔިތުންގެ ހިތްތަކުން ފޮހެލައި ނައްތައިލުމަކީ ވެވޭނޭ ކަމެއްނޫނެވެ. އިސްލާމްދީނުގެ މައިގަނޑު އަސާސަކީ އެފޮތެވެ. ކޮންމެ މުސްލިމެއްގެ ހިތުގެ ކާނާއަކީ ކީރިތި ޤުރްއާން ތަޖުވީދުގެ މަގުން ކިޔެވުމާއި އޭގެ ޢިލްމުން މިންވަރެއް ދެނެގަތުމާއި އެފޮތުން މިންވަރެއް ހިތުން ދަސް ކުރުމާއި އެއާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމެވެ. މުޅި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހިންގޭ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ޤުރްއާން ކްލާސްތަކާއި ކޯސްތަކާއި އަދި މުބާރާތްތަކަށް ބަލާލުމުންވެސް މިކަން ހާމަވެގެން ދެއެވެ.

ކަންމިހެން އޮތްނަމަވެސް، އަޅުގަނޑުމެންގެ ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަރުޙަލާ ތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އިހްމާލެއްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ ފެންވަރު ހިފެހެއްޓުމަށް ގައުމީ ފެންވަރުގައި އެސް.އެސް.އީ އިމްތިޙާނު ދިނުމަށް ކަނޑައަޅާފައިވަނިކޮށް، ކީރިތި ޤުރްއާން މިމާއްދާ އިމްތިޙާނު ނުކުރާ މާއްދާއެއްކަމަށް ހައްދަވައި، އޭގެ ބަދަލުގައި ކިޔަވައިދޭ މުދައްރިސުންގެ ފަރާތުން ކްލާސް ތެރޭގައި ކުރެވޭ ސުވާލުތަކެއްކޮށް މިބޮޑު މަސްއޫލިއްޔަތުން އެއްކިބާވާން އުޅޭކަމީ ދިވެހި ރައްޔިތުން ފަހަރެއްގައިވެސް ރުހޭނެކަމެއް ނޫނެވެ. ހިތާމަޔަކީ މިކަމަށް މަގުކޮށުމަށްޓަކައި:-

- ޤުރުއާން މާއްދާގެ ފަހުގެ މުޤައްރަރަށް ޓީޗަރުން އަހުލުވެރިކޮށް ތައްޔާރު ކުރުމެއް ނެތުމާއި،

- އަދި ސްކޫލުތަކުގައި ކިޔަވައިދިނުމާއި އެސް.އެސް.އީ އިމްތިޙާނު ދޭން ނިންމާފައިވާ ގޮތާ ގުޅުން ކުޑަވުމާއި،

- އަދި ސްކޫލުތަކުންވެސް އެއްވެސް ކަހަލަ ނަމޫނާ މަސައްކަތްތަކެއް ކުރުވުމެއް ނެތި، ބެލެނިވެރިންނަށް އޮޅުވައިލުމެއްގެ ތެރެއިން މި މާއްދާ މިގޮތަށް އޮތުމަކީ ބޮޑު ބުރަޔަކާ ނުއުފުލޭވަރުގެ ބޮޑު ތަކުލީފެއްކަމުގައި ދައްކުވައިދެމުންދާކަމެވެ. އަދި އެކަމާ ވިއްދައިގެން އިމްތިޙާން އުވާލުމަށް ޕެޓިޝަނެއް ހަދައި އޭގެ ޒަރީޢާއިން ކީރިތި ޤުރުއާނަށް ދޭންޖެހޭ އަހައްމިއްޔަތު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފަނޑުކޮށްލުމާއި ދަރިވަރުން މިމާއްދާ ކިޔެވުމާ ދުރުކުރުވައި މަޖުބޫރުނޫން މާއްދާއެއްގޮތަށް ހެދުމަށް ދަނީ މަގުފަހިކުރަމުންނެވެ.

އެހެންކަމުން، މަނިކުފާނުގެ އަރިހުން އަޅުގަނޑުމެން އެދެނީ، 2020ގެ އެސް.އެސް.އީ އިމްތިޙާނުގައި ޤުރްއާނަކީ އިޚްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް ހިނގަމުންދާ މަސައްކަތްތައް ހުއްޓުވައި ދެއްވައި، އޭގެ ބަދަލުގައި ޤުރްއާނަކީ ކަނޑައެޅިގެން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދަމަހައްޓަވައި ދެއްވައި، ތަޢުލީމީ ދާއިރާގެ މަސްއޫލުވެރި ފަރާތްތަކުގެ އިހުމާލުން މިދިމާވި ކަންކަން ހައްލު ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ އެކުގައި ފުޅާދާއިރާއެއްގައި - ދިވެހި ރައްޔިތުންނަށް ޤަބޫލުކުރެވޭނެ ބީދަޔަކުން - މަސައްކަތްތަކެއް ކުރައްވައިގެން 2020ގެ އެސް.އެސް.އީ އިމްތިހާނުގައި ޤުރްއާން މާއްދާއަށް އެމާއްދާގެ ވަރަށް ގިނަ ތަޖުރިބާކާރުންގެ ވިސްނުން ފުޅުގައިވާފަދައިން، ތަޖުވީދާއި ޤުރްއާނުގެ ޢިލްމުގެބައި ސުވާލުކަރުދާސް ދީގެން، ހިތުންދަސްކުރުމުގެ ބައިންނާއި ބަލައިގެން ކިޔެވުމުގެ ބައި އަނގަބަހުންވެސް ގައުމީ ފެންވަރުގައިދެވޭ އެސް.އެސް.އީ އިމްތިހާނު ދީ، ޤުރްއާން މާއްދާގެ މަޖުބޫރުކަން ނަގާލަން ފުރުޞަތު ނުދެއްވުމެވެ. އަދި މި ޙާލަތަށް ރިޢާޔަތްކުރައްވުމާއެކު ދަރިވަރުންނަށް މިފަހަރުގެ އިމްތިޙާނު ހެދުމުގައި ލުއިކަމެއް ދެވޭ ގޮތަށް އިމްތިޙާނު ބައްޓަންކޮށްދެއްވުމެވެ. ދިވެހިރައްޔިތުންނަކީ ޒަމާނުއްސުރެ ޤުރްއާނާ މެދު ޚާއްޞަ ޤަދަރެއްދީ ، އެފޮތަށް ނުހަނު އިޙްތިރާމްކުރާ ބަޔެއްކަން ހަނދުމަނެތި ނުކުރައްވާށެވެ.

މިހެން މިދެންނެވީ، ޤުރްއާން މާއްދާގެ މަޖުބޫރުކަން މިފަހަރުގެ އިމްތިޙާނުގައި އިޚްތިޔާރީއަށް ބަދަލުކޮށްފިނަމަ، ކުރިއަށްއޮތް މުސްތަޤުބަލުގައި އެމާއްދާ އަނބުރާ މަޖުބޫރު މާއްދާއަކަށް ބަދަލު ކުރުމަކީ ނުހަނު ބުރަ އުނދަގޫ ޤުރުބާނީއެއް ވެގެން މެނުވީ ދެންކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީންކުރެވޭތީއެވެ. އަދި އެއީ މަދު ބައެއް ފަރާތްތަކުން ދުރާލާ ރާވައިގެން އެކަން ކުރަން މަސައްކަތް ކުރާތާ އެތައް ޒަމާނެއްވެފައިވާ ކަމެއްކަން ވެސް އަޅުގަނޑުމެން ދަންނާތީއެވެ.

ވީމާ، މި އިސްލާމީ ދިވެހި ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެންގެ މި އިލްތިމާސަށް މަނިކުފާނު ފުރިހަމަ އެއްބާރުލެއްވުންމާއި އިޖާބަ ދެއްވާނޭކަމުގެ އުއްމީދުގައި މިޕެޓިޝަން ހުށައަޅަމެވެ.

އިޚްތިރާމު ޤަބޫލުކުރެއްވުން އެދެމެވެ.

30
ޖަނަވަރީ 2020. 

ޕެޓިޝަނުގަ ސޮއިކުރެއްވުމަށް: 

 

މިއަދު އޮންލައިން