"އަމިއްލަ ވިސްނުމަށް ބިނާކޮށް ރައުޔު ނުނެރެން" ގޮވާލެއްވި ރައީސް މައުމޫނު ކެންޕޭނުތަކަށް ވަޑައިގަންނަވައެވެ. ބަނޑުފުޅުން ތެޔޮހަން "ދުއްވާލުމުން" ވެސް ބިރެއް ނުގަތެވެ. ހާމަ ތަންތަނުގައި ބާއްވާ ބޮޑެތި ސިޔާސީ ބައްދަލުވުންތަކަށް ވަޑައިގަންނަވައެވެ.
އެހެންކަމަށްވާއިރު ގެއާއި ނުހަނު ގާތުގައި ގޭގެ ދެފަރާތުގައި ހުންނަ 2 މިސްކިތުން ގޮވާ ބަންގީގެ އަޑު އިވިވަޑައިގަތުމުން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ވަޑައިނުގަންނަވަނީ ޤުރްއާނުގެ ކޮން އާޔަތަކުން، ކޮން ޙަދިޘްފުޅަކުން، ކޮންފޮތަކުން ފެނުނު ނުވަތަ ކިތައް މިލިއަން ޢިލްމުވެރިންގެ ރަޢުޔަށްތޯ؟ ރައްޔިތުން ކެނޑިނޭޅި ކުރަމުންގެންދާ ސުވާލުގެ ޖަވާބަކީ ކޮބައިތޯއެވެ؟
"ދީނުގެ އެއްވެސް ކަމަކީ އަމިއްލަ ވިސްނުމަށް ވިސްނައިގެން ނިންމޭނެ ކަމެއް ނޫނެވެ. އެހެންނަމަ، ޚުއްފުގައި ފެންފޮހެންޖެހޭނީ ޚުއްފުގެ ދަށުގައެވެ. މައްޗަކު ނޫނެވެ."
- ޑރ. އިޔާޟް