ލިވާޠުކުރި މީހުން އެހެން ޤައިދީންނާ މަސްހުނިކުރުވުމަކީ މަސްތުވާތަކެތި މުޅިރާއްޖެއަށް ފަތުރަން ރައީސް މައުމޫނުގެ ސަރުކާރުން ހިންގި އެންމެ ކާމިޔާބު ޕްރޮގްރާމަށްބަލާއިރު ކުރަން ހެޔޮވާނެ ކަމެއް ނޫންނެވެ.
އެޕްރޮގްރާމްގެ ދަށުން މީހުން ދިރިއުޅޭ ރަށްތަކަށް މަސްތުވާތަކެތި ބޭނުންކުރާ މީހުން ފޮނުވުން ވެގެންދިއައީ ރަށްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުފެދި ގިނަވެގެންދިއަ ސަބަބުކަމަށެވެ. އެކަމަށް ރަށްރަށުގެ މީހުން މީހުން މިހާރުވެސް ހެކިވާނެއެވެ.
ލިވާޠުކުރި މީހުން އެކަހެރިކޮށް ބަންދުގައި ނުބެއިތިއްބޭނެ ނަމަ، އެކަމަށް ޖަލުތަކުގައި ޖާގަ ނެތްނަމަ އެންމެ ރަނގަޅު ގޮތަކީ އެމީހުން އެއްތަނަކަށްލާފައި ކެމެރާ ހަރުކޮށްގެން ނަމަވެސް އެމީހުން ކުރާ ޢަމަލުތަކަށް ފާރަވެރިވުމެވެ. އެހެންމީހުންނާއި މަސްހުނިކޮށްފިނަމަ ލޫޠުބާގައިގެ މިމީހުންގެ ތެރެއަށް ގިނަބައަކު ވެއްދުވުމަކީ ވަރަށް ގާތް ކަމަކަށްވާތީއެވެ.
އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ. ވީމާ ކުރިއާލައި މިކަންކަމަށް ތައްޔާރުވެ ފިޔަވަޅުތައް ހަރުދަނާކުރަންޖެހޭނެއެވެ.