ޑރ. އިޔާޟް އުސްތާޛް ޙުސައިން ރަޝީދަށް!
"މީސްތަކުންނަށް ހެވާއި ނުބައި ބަޔާންކޮށްދިނުމުގެ ޒިންމާ އުފުއްލަންޖެހެނީ ސިއްކަމަނިކްފާނު އެކަންޔެއް ނޫން. އެއީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށް އޮތް ވާޖިބެއް. މުސްކުޅިވީ ދުވަހު ކޮސްނުގޮވާ ހިމޭނުން ހުންނަވާ" .
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ އުސްތާޛް ޙުސައިން ރަޝީދު " ސަލަފު ޖަމްޢިއްޔާއާއި ޢަދާލަތު ޕާޓީއަކީ ރާއްޖޭގަ އިސްލާމީ ސިއްކަ ޖަހަން ކަނޑައެޅިފައި އޮންނަ ސިއްކަމަނިކުފާނު ނޫން" ކަމަށް ވިދާޅުވެފައިވާ ޚަބަރަކާއި ގުޅިގެންނެވެ.
އުސްތާޛް ޙުސައިން ރަޝީދަކީ ވަރަށް ގިނަ ކަންކަމުގައި ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންނާއި ޚިޔާލުތަފާތު ޢިލްމުވެރިއެއްކަން ފާހަގަކުރެވެއެވެ. އެއިގެ ތެރޭގައި ބަންގިގޮވުމުން ނަމާދުކުރަން އަވަސްވެގަތުން، ﷲ ތަޢާލާއަށް ދަރިކަލަކުވާކަމަށްބުނެ ފާހަގަކުރާ ކްރިސްމަސް ފާހަގަކުރުމާ ތަހުނިޔާކިޔުން، ޔޯގާ ހެދުން ފަދަ ކަންކަން ފާހަގަކުރެވެއެވެ.