"ނުބައަކަށް މަގުފަހިކޮށްދީފާނެ ކޮންމެ ކަމަކުން މީސްތަކުން ސަލާމަތްކޮށް ރައްކައުތެރިކަން ހޯދައިދޭންޖެހޭ! އެއީ ސަރުކާރުގެ ވެސް އަދި އެންމެންގެވެސް ޒިންމާއެއް. ވީމާ ލިވާތުކުރުން ފަދަ ބޮޑުމުންކަރާތެއް ހިންގައިގެން ބަންދުކުރެވޭ މީހުންނަށް އެކަން އެހެން މީހުންނަށް ފެތުރުމުގެ ފުރުޞަތުދީގެންނުވާނެ! އެއީ އެކަން ޢާންމުވުމުން ކޯފާބާވާލައްވައި ސަދޫމް ބަންޑުން ޖެއްސެވި ނުބައި ޢަމަލު."
- ޑރ. އިޔާޟް
ޑރ. އިޔާޟް ގެންދަވަނީ ލިވާޠުކުރިކަން އެނގޭ އެންމެން ވީހާ އަވަހަކަށް ހައްޔަރުކޮށް އެމީހުންގެ ކިބައިން މުޖުތަމައު ސަލާމަތް ކުރަން ގޮވާލައްވަމުންނެވެ.
މިބާވަތުގެ ޢަމަލުތައް ކުރާމީހުންނާއި އެހެން މީހުންނާއި ޖަލުގެ ގޮޅިތަކުގައި ނަމަވެސް އެކުވުމަކީ އެމީހުންގެ ކިބައިގައިވާ ނުބައިކަންބޮޑު ޢަމަލުކުރުމުގެ އާދަ އެހެންމީހުންނަށް ފޯރައި ގިނަ ބައަކު ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމެއްކަން ޢިލްމުވެރިން ގެންދަވަނީ ބަޔާންކުރައްވައި އެކަމަށް ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.