ބާޒާރުގައި ހުސްވެފައި ވަނިކޮށް އުފަންވެލި ޝޮޕްތަކުން ކެރެޓް އެތެރެކޮށް ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.
10 ކިލޯގެ ކޭހެއް 480 ރުފިޔާއަށް ވިއްކާއިރު ވަކިން ކިލޯއެއް ވިއްކަނީ 50 ރުފިޔާއަށެވެ.
"ކެރެޓް އަޅުގަނޑުމެން އެތެރެކުރިން. ބޯޓު މިމަހު 19 ގަ ވަދެއްޖެ، ނަމަވެސް މޫސުމާއި ބަންދުތަކާއި މިހެންގޮސް ތަފާތު ކަންކަމާއިހުރެ ކޮންޓޭނަރު ލިބުން ލަސްވީ." ކަމަށް އުފަންވެލި ޝޮޕްތަކުން ބުނެފައިވެއެވެ.