އުރީދޫ ގެ 5ޖީ ނެޓްވޯކް ގްރޭޓާ މާލެއަށް ފުޅާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 35ސ
އުރީދޫ ގެ 5ޖީ ނެޓްވޯކް ގްރޭޓާ މާލެއަށް ފުޅާކޮށްފި

 

އުރީދޫ ގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުގެ މަތިން އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް ގްރޭޓާ މާލެއަށް ފުޅާކޮށްފިއެވެ. އެގޮތުން މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް މިހާރު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އުރީދޫ 5ޖީ ނެޓްވޯކް އަށް މި ގެނެވުނު އަޕްގްރޭޑް އިއުލާނުކޮށްފައިވަނީ އުރީދޫއިން ރާއްޖޭގައި ޙިދުމަތް ދޭތާ 17 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން  މިއަދު މީރުމާގައި ބޭއްވުނު ހާއްސަ ޕްރެސް ކޮންފަރެންސްއެއްގައެވެ.

ހަމަ އެއާއެކު 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި ސުޕަރނެޓް އެއަރފައިބަރ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބިގެންދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ   ވިދާޅުވީ" އަދުގެ ޑިޖިޓަލް ޒަމާނުގައި، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަނަނީ ހީވެސް ނުކުރާފަދަ ހަލުވި ސްޕީޑެއްގައި، ހައިޓެކް ޙިދުމަތްތައް ބޭނުންކުރުމަށް އަޅުގަނޑުމެންގެ ކަސްޓމަރުންނަށް ދައް ލޭޓަންސީގައި ހަލުވު ސްޕީޑު ބޭނުންވޭ. އުރީދޫ މޯލްޑިވްސް އިން 5ޖީ ގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރީ އުރީދޫ އެއާފައިބާ މެދުވެރިކޮށެވެ. މިއަދު އަޅުގަނޑުމެން ދިވެހިންގެ ޙިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓަރ މާލެއަށް އަޅުގަނޑުމެންގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ކަމަށެވެ.

ބޮޑެތި ޑޭޓާ އެލަވަންސާއެކު އުރީދޫ 5ޖީ ކަސްޓަމަރުންނަށް ތަޢާރަފްކުރި މޮބައިލް ޑޭޓާ އޮފަރ ތެރޭގައި:

- އުރީދޫ ޕްރީޕެއިޑް، އާޗާ ޕްރީޕެއިޑް އަދި މަގޭ ޕްލޭން މެދުވެރިކޮށް، 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް ޑަބަލް ޑޭޓާ ބޯނަސް އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 5ޖީ ޕްލޭންތަކެއް. 

 

ޕެކޭޖް

އަގު (ރުފިޔާ)

ޕެކޭޖް އެލަވަންސް (ޖީބީ)

ޕެކޭޖް އެލަވަންސް (ޖީބީ)

ވެލިޑިޓީ

5ޖީ އާޗާ ޕްރިޕެއިޑް

500ރ

ދުވާލަކަށް 1ޖީބީ

ދުވާލަކަށް 1ޖީބީ

30 ދުވަސް

5ޖީ މަގޭ ޕްރިޕެއިޑް

500ރ

30ޖީބީ

30ޖީބީ

30 ދުވަސް

5ޖީ އާޗާ ޕްރިޕެއިޑް

750ރ

ދުވާލަކަށް 2ޖީބީ

ދުވާލަކަށް 2ޖީބީ

30 ދުވަސް

5ޖީ މަގޭ ޕްރިޕެއިޑް

500ރ

60ޖީބީ

60ޖީބީ

30 ދުވަސް

- 5ޖީ ކަސްޓަމަރުންނަށް ރަނގަޅު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އުރީދޫ ޕޯސްޓްޕެއިޑް 800 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް 2 ގުނަ ބޯނަސް ޑޭޓާ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރ އެވެ. ހަމައެއާއި އެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކ ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ.

ހަމަ އެފަދައިން އުރީދޫ މޯލްޑިވްސް އަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމް ލައިސަންސް ލިބުނު ފުރަތަމަ އުރީދޫ ކުންފުނިވެސް މެ އެވެ. އުރީދޫ މޯލްޑިވްސްއިން 5ޖީ އެއަރފައިބަރ – ރާއްޖޭގެ ފުރަތަމަ 5ޖީ ބޯރޯޑްބޭންޑް ޙިދުމަތް ތައާރަފް ވެގެން ދިއައީ ޑިޖިޓަލް މޯލްޑިވްސް އެއް ބީނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރަށް ލިބިގެންދިޔަ ވަރަށް ބޮދު ކާމިޔާބީއެކެވެ. މިއަދު އުރީދޫ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު މިވަނީ އިތުރަށް ހުޅުވިގެންގޮސްފައެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެއެވެ.

 

 

މިއަދު އޮންލައިން