ފާޙީޝް ޢަމަލުތައް ކުރުން އިތުރުވަމުން އަންއިރު ސަރުކާރަކަށް ނުރެކެވޭނެ! ބައިއެޅޭނެ! ޒިންމާ އުފުލަންވެސް ޖެހޭނެ! ޤިޔާމަތްދުވަހު ޖަވާބުދާރީވެސް ވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ފާޙީޝް ޢަމަލުތައް ކުރުން އިތުރުވަމުން އަންއިރު ސަރުކާރަކަށް ނުރެކެވޭނެ! ބައިއެޅޭނެ! ޒިންމާ އުފުލަންވެސް ޖެހޭނެ! ޤިޔާމަތްދުވަހު ޖަވާބުދާރީވެސް ވާންޖެހޭނެ!

ފާޙީޝް ޢަމަލުތައް ކުރުން އިތުރުވަމުން އަންއިރު އެކަމުގެ ސަބަބުން ކުރިމަތިވަމުން އަންނަ މައްސަލަތަކަކުން ރާއްޖޭގައި ކުރިންވެރިކަންކުރި އެއްވެސް ސަރުކާރަކަށްވެސް މިހާރުގެ ސަރުކާރަކަށްވެސް ނުރެކެވޭނެއެވެ. ބައިއެޅޭނެއެވެ. ޒިންމާ އުފުލަންވެސް ޖެހޭނެއެވެ. 

ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ނުބައި އަމަލުތައް ފެތުރިގެންދިއުމުގެ އެންމެ ބޮޑު ބާރު ނުވަތަ ސަބަބުތަކަކީ ބަނގުރަލާއި މަސްތުވާތަކެއްޗާއި އަޢުރަ ނިވާނުކޮށް އުޅުމާއި ބަރަހަނާ ފިލްމްތަކެވެ. މިއިން ކޮންމެ ވަސީލަތަކީވެސް ރާއްޖޭގައި ބޭނުންކޮންމެ މީހަކަށް ބޭނުން ކޮންމެ ވަގުތަކު ލިބިގަނެވެން ހުރި ކަންކަމެވެ. އެކަންކަން ހުއްޓުވުމުގެ ނަމުގައި ހުރިހާ ސަރުތަކުން ކުޅުނީވެސް މިހާރުވެސް ކުޅެނީ ޑްރާމާތަކެވެ. ނަތީޖާއަކީ އެކަންކަން ކުރުން ޢާންމުވުން ދުވަހުން ދުވަހުން ދުވަހަށް އަހަރުން އަހަރަށް އިތުރުވަމުން އައުމެވެ.  

ތިރީގައިވާ ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްމުން ވަރަށް ގިނަ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. މިމައްސލައިގައި ގިން ޢަދަދެއްގެ ޢިލްމުވެރިން އަބަދުވެސް ބަސްފުޅު ވިދާޅުވެއެވެ. ޤިޔާމަތް ދުވަހު ހަނިގޯޅިއަކުން ދުވެ ފިލިދާނުކަމަށް ވަލިއްޔުލްއަމުރުންނަށް ޤަބޫލުކުރެވޭތީ ފިޔަވަޅުނުއަޅަނީއެވެ. 

"ޕޯން" ނުހުއްޓުވާ ވެރިން ﷲ ގެ ޙަޟްރަތުގަ ޖަވާބުދާރީވާން ޖެހޭނެ!: ޝައިޚް ޝަފީޢު ޢަބްދުﷲ

އަންހެނުންނަކީ ފިރިހެނުންގެ ޖިންސީ ޣަރީޒާ އާއި ޝަހުވަތު ފުއްދުމަށް ތިބި ބައެއްގެ ގޮތުގައި ބައެއް ފިރިހެނުންނަށް ޤަބޫލުކުރެވިފައި ވަނީ ޕޯން ގެ (ނުވަތަ އޮރިޔާން ފިލްމުތަކުގެ) ސަބަބުންކަމަށް ބުނެވިދާނެއެވެ.

އަންހެނުންގެ ޢިއްފަތާއި ޢިއްޒަތާއި ކަރާމާތަކީ އެފަދަ ފިރިހެނުން ދަންނަ އެއްޗެއް ނޫނެވެ. އަދި، މިކަމުގެ ނޭދެވޭ އަސަރު އެފަދަ ފިރިހެނުންގެ ސަބަބުން ކުރަނީ އެ މުޖުތަމަޢެއްގައި ދިރިއުޅޭ އަންހެނުންނަށެވެ. އެގޮތުން ޖިންސީ ފުރައްސާރާ އާއި ޖިންސީ ގޯނާ އާއި ރޭޕަށް ކަންކަން ދިޔުމަކީ ނުވެ ނުދާނެ ކަމެކެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. އަދި، ދީނީ ނަޒަރަކުންވެސް އެފަދަ ފިލްމުތައް ބެލުމަކީ ޙަރާމް ކަމެކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނު ބުނަނީ، އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމާއި ބެލުންވެސް މަނާ ކަމެއްގެ ގޮތުގައެވެ. އަދި ޤާނޫނުގައި ތަފާތު އަދަބުތައް އެކަންކަމަށް ކަނޑައެޅިފައިވެއެވެ.

ނަމަވެސް ހައިރާންވާން ޖެހޭ ކަމަކީ، ރާއްޖޭގައި ޕޯން އަށް ވަދެވޭ ގޮތަށް އޮންނަ އޮތުމެވެ. ޤާނޫނީ ގޮތުން މަނާ ކަމަކަށް ވާނަމަ، ޕޯނަށް ހުޅުވާލެވިފައިވާ ދޮރުވެސް ބަންދު ކުރެވެން ޖެހޭނެއެވެ. އެއީ ދީނީ އަދި ޤާނޫނީ ވާޖިބަކަށް ނޫނީ ނުވާނެއެވެ. އަދި އެކަމާ ބެހޭ އިދާރާތަކުގައި ތިއްބެވި ބޭފުޅުން މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެ ފަދަ ބޮޑު ކަމެކެވެ.

ކަމާ ބެހޭ ފަރާތްތަކަށް އެބޭފުޅުންގެ ޒިންމާ އާއި ވާޖިބު އަދާ ކުރެއްވުމަށް ނަޞޭޙަތްތެރިވަމެވެ.

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން