މާރުކޭޓުގަ މަހުގެ އަގު އުފުލުމާގުޅިގެން އުފަންވެލި ޝޮޕްތަކުން ބޮޑުތަނުން ކުކުޅު އަގުހެޔޮކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މާރުކޭޓުގަ މަހުގެ އަގު އުފުލުމާގުޅިގެން އުފަންވެލި ޝޮޕްތަކުން ބޮޑުތަނުން ކުކުޅު އަގުހެޔޮކޮށްފި

މޫސުންގޯސްވުމާއި ގުޅިގެން މަސްވެރިންނަށް މަހަށް ނުދެވޭތީ މާރުކޭޓުގައި މަހުގެ އަގުތައް އުފުލުމާއި ގުޅިގެން މިފަދަ ދަނޑިވަޅުތަކުގައި އެންމެ ބޮޑަށް އެހީތެރިވެދެމުން އަންނަ އުފަންވެލި ޝޮޕްތަކުން ބޮޑުތަނުން ކުކުޅުގެ ބާވަތްތަކުގެ އަގުހެޔޮކޮށްފިއެވެ. 

"މާދަމާ (އަންގާރަ) އިން ފެށިގެން އަޅުގަނޑުމެންގެ ފިހާރަތަކުން ކުކުޅު ވިއްކާއަގު ވަރަށް ބޮޑަށް ވަނީ ހެޔޮކޮށްފަ. އެއީ މާރުކޭޓުގައި މިދުވަސްކޮޅު މަހުގެ އަގު އުފުލިފައިވާތީ. އަޅުގަނޑުމެން މިކުރާކަމަކީ ކަސްޓަމަރުންނަށް ވީހާ ހެޔޮއަގުގަ ގޭގެ ކެއުމުގެ ޚަރަދުތައް ބަލަހައްޓަން އެހީތެރިވެދިނުން." 

"މިދުވަސްތަކުގައި 800 ގްރާމްގެ ކުކުޅެއް ވަކިން 42 ރުފިޔާއަށް، 900 ގްރާމްގެ ކުކުޅެއް ވަކިން 47 ރުފިޔާއަށް، 1000 ގްރާމްގެ ކުކުޅެއް ވަކިން 52 ރުފިޔާއަށް، 1200 ގްރާމްގެ ކުކުޅެއް ވަކިން 62 ރުފިޔާއަށް، 1400 ގްރާމްގެ ކުކުޅެއް ވަކިން 73 ރުފިޔާއަށް، ލިބިވަޑައިގަންނަވާނެ، މިއީ ފިހާރަތަކުން މިހާރު ކުކުޅު ވިއްކާ އަގުތަކާއި އަލާބަލާއިރު ވަރަށް ބޮޑުތަން ހެޔޮ އަގެއް!" ކަމަށް އުފަންވެލި ޝޮޕްތަކުން ބުނެއެވެ. 

ކުކުޅު ކޮށައިގެން ގަންނަން ބޭނުންވާ ފަރާތްތަކަށް ކޮށައިދިނުމުގެ ޚިދުމަތްވެސް މިހާރު އުފަންވެލި ޝޮޕްތަކުން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން