މާލޭގެ ގެއެއްގެ ތެރެއިން ވަޅިން ހަމަލާދީ އަންހެނަކު މަރާލާފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މާލޭގެ ގެއެއްގައި ޒަހަމުތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށާއި ފުލުހުން ދަނީ ސީން ގައި ހަރަކާތްތެރިވާމުން ކަމަށެވެ.
މި މައްސަލާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އިތުރު މައުލޫމާތު އަންނަނީ...