އުފަންވެލި ޝޮޕްތަކުން ކުކުޅާ ބަކަރިމަސް ކުރިއަށް އޮތް 3 ދުވަހަށް ބޮޑުތަނުން އަގުހެޔޮކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އުފަންވެލި ޝޮޕްތަކުން ކުކުޅާ ބަކަރިމަސް ކުރިއަށް އޮތް 3 ދުވަހަށް ބޮޑުތަނުން އަގުހެޔޮކޮށްފި

އުފަންވެލި ޝޮޕްތަކުން ކުކުޅާއި ބަކަރިމަސް ކުރިއަށް އޮތް 3 ދުވަހަށް ބޮޑުތަނުން އަގުހެޔޮކޮށްފި އެވެ. 

އުފަންވެލި ޝޮޕްތަކުން ބުނީ މާރުކޭޓުގައި މަހުގެ އަގު އުފުލިގެން ދިއުމުން ކުރިންވެސް ކުކުޅުގެ ހުރިހާ ސައިޒުތައް ވަރަށް ހެޔޮ އަގުގައި ވިއްކީ ކަސްޓަމަރުން އެކަމަށް ވަރަށް ބޮޑަށް އެދިގެން ކަމަށާއި އަދި ކުރިއަށް 3 ދުވަހު (17،18،19) ގައި އަގުހެޔޮކޮށް ވިއްކަން ނިންމީވެސް ކަސްޓަމަރުން އެކަމަށް ވަރަށް ބޮޑަށް އެދޭތީ ކަމަށެވެ. 

މި ޚާއްޞަ ޕްރަމޯޝަންގައި ކުރިން 1900 އަށް ވިއްކި 900 ގްރާމްގެ 20 ޕެކެޓުގެ ބަކަރިމަސް ކޭސް ވިއްކާނީ އެންމެ 1700 ރުފިޔާއަށެވެ. އަދި ކުރިން 122 ރުފިޔާއަށް ވިއްކި 900 ގްރާމްގެ ޕެކެޓެއް ވިއްކާނީ އެންމެ 110 ރުފިޔާއަށެވެ. 

އުފަންވެލި ޝޮޕްތަކުން މިހާރު ހުރިހާ ސައިޒެއްގެ ކޮށާފައިވާ ކުކުޅު ލިބިވަޑައިގަންނަވާނެއެވެ. އަދި ތާޒާ ކުކުޅުބިހާއި ކުކުޅާއި ގެރިމަހުގެ ތަފާތު އުފެއްދުންތައްވެސް އެންމެ ހެޔޮ އަގުގައި ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން