އުފަންވެލި ޝޮޕްތަކުން ކުރިއަށް އޮތް 2 ދުވަހު ތަރުކާރީގެ ބައެއް ބާވަތްތަކާ ކުކުޅުބިސް، ކޮށިކުކުޅު، ގެރިމަސް ޚާއްޞަ ހެޔޮ އަގުތަކެއްގައި ވިއްކާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އުފަންވެލި ޝޮޕްތަކުން ކުރިއަށް އޮތް 2 ދުވަހު ތަރުކާރީގެ ބައެއް ބާވަތްތަކާ ކުކުޅުބިސް، ކޮށިކުކުޅު، ގެރިމަސް ޚާއްޞަ ހެޔޮ އަގުތަކެއްގައި ވިއްކާނެ!

އުފަންވެލި ޝޮޕްތަކުން ކުރިއަށް އޮތް 2 ދުވަހު ތަރުކާރީގެ ބައެއް ބާވަތްތަކާއި ކުކުޅުބިސް، ކޮށިކުކުޅު، ގެރިމަސް ޚާއްޞަ ހެޔޮ އަގުތަކެއްގައި ވިއްކަން ނިންމައިފިއެވެ. 

އެގޮތުން ކުރިން 45 ރުފިޔާއަށް ކިލޯއެއް ވިއްކަމުން އައި ކެބެޖް ކިލޯއެއް އެންމެ 16 ރުފިޔާއަށް، 20 ރުފިޔާއަށް ކިލޯއެއް ވިއްކަމުން އައި ފިޔާ ކިލޯއެއް އެންމެ 10 ރުފިޔާއަށް، 35 ރުފިޔާއަށް ކިލޯއެއް ވިއްކަމުން އައި ޓޮމާޓޯ ކިލޯއެއް އެންމެ 20 ރުފިޔާއަށް، 18 ރުފިޔާއަށް ކިލޯއެއް ވިއްކަމުން އައި އަލުވި ކިލޯއެއް އެންމެ 12 ރުފިޔާއަށް ކިލޯއެއް ވިއްކާނެއެވެ. އަދި ކުރިން 1/80 އަށް ވިއްކަމުން އައި ކުކުޅުބިސް އެންމެ ދޮޅު ރުފިޔާއަށް ބިހެއް ވިއްކާނެއެވެ. 

މީގެ އިތުރުން ކުކުޅާއި ކޮށިކުކުޅާއި ގެރިމަސްވެސް ހެޔޮއަގުގައި ވިއްކާނެއެވެ. ކަސްޓަމަރުންގެ ޖީބުތަކަށް ލުއިކޮށްދިނުމުގެ ގޮތުން ވީހާ ހެޔޮ އަގުތަކިގައި ތާޒާ ތަރުކާރީ އާއި ކުކުޅުގެ ބާވަތްތަކާއި އެހެންވެސް ކާބޯތަކެތި ފޯރުކޮށްދިނުމަށް އުފަންވެލި ޝޮޕްތަކުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މި އަގުތަކަށް މިބާވަތްތައް ގަންނަން ލިބޭނީ މިހަފްތާގެ ބުދަ އަދި ބުރާސްފަތި 2 ދުވަހުއެވެ. 

އުފަންވެލި ޝޮޕްތަކުން 135، 150، 165 ކައުންޓުގެ ސައުތު އެފްރިކާގެ ރޮޔަލް އާފަލު ކޭހެއްވެސް ވިއްކަނީ އެންމެ 400 ރުފިޔާއަށެވެ.  

އުފަންވެލި ޝޮޕް: 3008883، ހޯލްސޭލް: 3323628

މިއަދު އޮންލައިން