އުރީދޫއިން އައްޑޫ ސިޓީގެ ހެލްތު ސެންޓަރުތަކަށް ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.
ހެލްތް ކިޓް ހަދިޔާކުރީ ފޭދޫ، މަރަދޫ، ހުޅުމީދޫ އަދި މަރަދޫފޭދޫ ހެލްތު ސެންޓަރަށެވެ. ހެލްތް ކިޓް ހަދިޔާކޮށްދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު ހަސަން އަލް-ހަމަދީ އެވެ.
މިކަމާބެހޭގޮތުން ދުރީދޫއިން ބުނެފައިވަނީ މިއީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އުރީދޫގެ އެއްބާރުލުން ދިނުމުގެ ގޮތުން ހިންގާ ހަރަކާތުގެ ތެރެއިން ހަދިޔާކުރި ހެލްތް ކިޓްތަކެއްކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަަކަށް އުރީދޫއިން ހަދިޔާ ކުރަން ނިންމާފައިވާ މި ކިޓް ތައްޔާރު ކޮށްފައި ވަނީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.